ދުބާއީގެ ޑިއުޓީ ފްރީ (ޑީޑީއެމް) އިން ބާއްވާ "މިލެނިއަމް މިލިއަނާ" ޕްރޮމޯޝަނުން ދިވެއްސަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެއެވެ.
ދުބާއީގެ ގަލްފު ނިއުސްގައިވާ ގޮތުން އެއް މިލިއަން ޑޮލަރު ލިބިފައިވާ ކޫޕަން ނަންބަރު 1174 ލިބުނު މީހާއަށެވެ. އެއީ އަހުމަދު ނާސިރު ނަމަކަށް ކިޔާ ދިވެއްސެކެވެ.
މި ޕްރޮމޯޝަނަށް ނާސިރު ޓިކެޓު ގަނެފައިވަނީ މިދިޔަ ނޮވެމްބަރު 16ގައެވެ. ކޮންމެ 2-3 ހަފްތާއަކުން ބާއްވާ މި ޕްރޮމޯޝަންގައި ޖެހެނީ 275 ޑޮލަރުގެ ލޮޓަރީ ޓިކެޓެއް ގަންނާށެވެ. އެއީ 1000 ދިރުހަމެވެ.
ގަލްފު ނިއުސްގައިވާ ގޮތުން 1999 ވަނަ އަހަރުން ފަށައިގެން ކުރިއަށްދާ މި ޕްރޮމޯޝަނުން ދިވެއްސަކަށް އެއް މިލިއަން ޑޮލަރު ލިބުން މިއީ ފުރަތަމަ ފަހަރު ނަމަވެސް އަދިވެސް އަހުމަދު ނާސިރު އާ ގުޅޭގޮތް ވެފައި ނުވާ ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.
މީގެއިތުރުންވެސް މިގުރުއަތުން ހޮވުނު އިތުރު ފަރާތްތަކަށްވެސް ވަނީ ލަގްޒަރީ ސައިކަލުތަކެއް ހަދިޔާކޮށްފައެވެ.