ސެޕްޓެމްބަރ 19, 2024 23:52

ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދޮނޮމް /ފޮޓޯ: ވޯލްޑް ހާޓް ފެޑެރޭޝަން

ޣައްޒާގެ ދެކުނުގައި ހުރި ޑަބްލިއުއެޗްއޯގެ ބޭސް ގުދަންތައް ހުސްކުރަން އިޒްރޭލުން އަންގައިފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 6, 2023

ގާޒާގެ ދެކުނުގައި ހުރި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ގުދަނުން ސިއްހީ ސާމާނު ހުސްކުރަން އިޒްރޭލުން އަންގައިފިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް އެކްސްގައި ކުރެއްވި ޕޯސްޓެސްގައި ވިދާޅުވީ އިޒްރޭލުގެ އަސްކަރިއްޔާއިން މިފަދައިން އެންގީ އިއްޔެ ކަމަށާއި އެ ގުދަންތައް ހުސްކުރަން ދިނީ 24 ގަޑީރުގެ މުހުލަތެއް ކަމަށެވެ. އަދި ހުސްނުކޮށްފި ނަމަ އެއްގަމުން ދޭ ހަމަލާތަކުގައި އެ ގުދަންތައް ބޭނުން ނުކުރެވޭ ވަރު ކުރާނެ ކަމަށް އިޒްރޭލުން އިންޒާރު ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ޕޯސްޓުގައި ޓެޑްރޮސް ވިދާޅުވީ އެ އެންގުން އިޒްރޭލުން އަނބުރައި ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އާންމުންނާއި ހޮސްޕިޓަލުތައް ފަދަ އާންމުންނާ ގުޅުންހުރި ވަސީލަތްތައް ރައްކާތެރިކުރުމަށް އެޅެންހުރި ފިޔަވަޅެއް އެޅުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

"އިޒްރޭލުގެ މި އިންޒާރު އަނބުރާ ގެންދިއުމަށް ގޮވާލަން، އަދި އާންމުންނާއި ހޮސްޕިޓަލުތަކާއި އިންސާނީ ހިދުމަތް ދޭ އިމާރާތްތަކަށް ހިމާޔަތް ކުރުމަށްވެސް އިޒްރޭލަށް ގޮވާލަން" ޓެޑްރޯސް ވިދާޅުވިއެވެ.

ގާޒާގެ ދެކުނަކީ މީގެ ކުރިން އިޒްރޭލުން "ރައްކާތެރި" ކަމަށް ބުނަމުން ދިޔަ ސަރަހައްދުތަކެވެ. އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ޖެހިގެން އައި ދުވަހު އިޒްރޭލުން ފެށި އަސްކަރީ އުދުވާނުގައި ފާއިތުވި ހަފްތާއަށް ހަމަލާތައް މެދުކަނޑާލުމަށް ފަހު ހަމަލާތައް ވަރުގަދަ ކޮށްފައި ވާ އިރު، މިހާރު ވަނީ މުޅި ގާޒާ ހިމެނޭހެން އެއްގަމު މަގުން ވަދެގަންފައެވެ.

އިޒްރޭލުން މިހާރު ބުނެފައި ވަނީ ހަމަލާ ނުދޭނެ ހަމަ އެއްވެސް ތަނެއް ނޯންނާނެ ކަމަށާއި، އެއީ ނުރައްކަލެއް ކަމަށް ފާހަގަވާ ކޮންމެ ތަނަކަށް ހަމަލާ ދޭނެ ކަމަށެވެ. އެއާއެކު އިޒްރޭލުން ވަނީ ދެކުނުގެ ހާން ޔޫނިސްގެ ބަޔަކާއި ރަފާގެ ބައެއް ހުސްކޮށް އާންމުން ފޭބުމަށް އަމުރު ކޮށްފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 15،899 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy