ސެޕްޓެމްބަރ 20, 2024 06:45

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް /ފޮޓޯ: ވަން އޮންލައިން

ނޫސްވެރިންނަށް ފަސޭހައިން މައުލޫމާތު ހޯދޭނެ ގޮތެއް ޕީޖީ އޮފީހުން ހަމަޖައްސާ ކޮރެސްޕޮންޑެންޓްސް އުފައްދައިފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 6, 2023

ނޫސްވެރިންނަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ރައްޔިތުންގެ ޕޯޓަލްގެ ތެރެއިން ނޫސްވެރިން ބޭނުންވާ މައުލޫމާތު ލިބޭނެ ގޮތް ހަދައިދީ، ޕީޖީ އޮފީސް ކޮރެސްޕޮންޑެންޓްސް އުފައްދައިފިއެވެ.

ޕީޖީ އޮފީހުގެ ރައްޔިތުންގެ ޕޯޓަލަކީ އާންމުންނާ މުއާމަލާތުކުރަން ތައްޔާރުކޮށްފައިވާ ޕޯޓަލެކެވެ. އީ ޕާސް މެދުވެރިކޮށް އެ ޕޯޓަލަށް ވަދެވޭ އިރު، ޕީޖީ އޮފީހުން ވަނީ މި ޕޯޓަލް ތެރޭގައި ނޫސްވެރިންނަށް ހާއްސަ ޓެބެއް ހިމަނައިފައެވެ.

މި ޕޯޓަލްގައި ރަޖިސްޓްރީ ވާން ޖެހެނީ އެ ނޫސްވެރިއަކު ނިސްބަތްވާ ނޫސް އޭޖެންސީއެއްގެ ރަސްމީ އީމެއިލުން media@pgoffice.gov.mv އަށް، ނޫސްވެރިޔާ ޕޯޓަލުގައި ރަޖިސްޓަރީވާން އެދޭ ނޫސްވެރިންގެ އައިޑީ ކާޑު ނަންބަރާއި ފުރިހަމަ ނަން ފޮނުވައިގެންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި، ޕޯޓަލް މެދުވެރިކޮށް އެދޭ މައުލޫމާތު ހިއްސާކުރާނީ އެ މައުލޫމާތެއް ހޯދަން އެދުނު ނޫސްވެރިޔާއަށް އެކަންޏެވެ. މީގެ ސަބަބުން މައުލޫމާތު ހޯދަން ފަސޭހަ ވުމާ އެކީ، ދެ ފަރާތުން ކުރާ މުއާމަލާތަކާ މެދު ސުވާލު އުފެދޭ ހާލަތުގައި ސައްހަ މައުލޫމާތު ވެސް ކަށަވަރު ކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy