ސެޕްޓެމްބަރ 20, 2024 06:36

ދިރާސީ އަހަރު ފެށުމުގެ ގޮތުން ރެހެންދި ސުކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން /ފޮޓޯ: ރައީސް އޮފީސް

މިފެށޭ ޖެނުއަރީ މަހުން ފެށިގެން ސުކޫލުތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން: ރައީސް

އައިޝަތު އިބްރާހީމް
ޑިސެމްބަރ 6, 2023

އަންނަ ޖެނުއަރީ މަހުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ އޮތް ކެބިނެޓް ބައްދަލުކުރެއްވުމަށްފަހު އެ ބައްދަލުވުމުގައި ނިންމެވި މުހިންމު ނިންމެވުންތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ފުރަތަމަ ޓާމް ބަންދަށްފަހު ޖެނުއަރީގައި ސްކޫލުގެ ކިޔެވުން ފެށޭ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ހުރިިހާ ސެޝަނެއް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިކަން ކުރުމުގެ ބޭނުމަކީ ގައުމީ ލަވަ، ގައުމީ ދިދަ އަދި ގައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުން ކަމަށެވެ. އަދި ގައުމީ ސަލާމް ކިޔާނީ ހުރިހާ ސްކޫލެއްގައި ވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޑިސެމްބަރުގައި ސްކޫލު ބަންދުވެފައި ޖެނުއަރީގައި ސްކޫލު ހުޅުވޭ ޓާމުން ފެށިގެން ދެން ކޮންމެ ސްކޫލެއްގައި ކިޔަވާ ކުދިން ސެޝަން ފަށާނީ ގައުމީ ސަލާމް ކިޔައިފައި،" ރައީސް ވިދާޅުވިއެވެ.

ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ. އަދި މިކަން ބެލެހެއްޓުމަށް ހާއްސަ މެންޑޭޓަކާއެކު ގައުމިއްޔަތު މިނިސްޓްރީ އެއް އުފައްދާފައުވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy