ސެޕްޓެމްބަރ 20, 2024 08:42

ޚިދުމަތެއްގެ ގޮތުގައި އާސަންދައިން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭގޮތް ހަދައިފި

ފާތިމަތު އިސްރާ
ޑިސެމްބަރ 5, 2023

ޚިދުމަތެއްގެ ގޮތުގައި ހިމަނައިގެން އާސަންދައިގެ ތެރެއިން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭގޮތް ހަދައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެިރންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހަައްމަދު މުޢިއްޒެވެ.

"އެކި އުމުރުފުރާތަކަށް ބަހާލައިގެން އެކި ޕެކޭޖްތައް ހަދައިގެން މި ޚިދުމަތް ދޭން ސަރުކާރުގެ ވިސްނުން ހުރީ" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ, މި ޚިދުމަތް ސަރުކާރު ހޮސްޕިޓަލްތަތާއި ސިއްހީ މަރުކަޒުތަކުން ލިބޭނެ ކަމަށާއި އަދި ޚިދުމަތް ނުލިބޭ ހާލަތެއްގައި އާސަންދަ ސްކީމުގައި ރެޖިސްޓަރކޮށްފައި ހުންނަ ސެންޓަރުތަކުން ވެސް ހިލޭ ޓެސްޓްތައް ހެދޭނެ ކަމަށެވެ.

ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ކަމަށާއި އެހެންކަމުން ޗެކްއަޕްތައް ޤަވާއިދުން ހެދުމަށް ސަރުކާރުން ބާރުއަޅާނެ ކަމަށެވެ.

"އެވައިނަސް ޕްރޮގްރާމްތައް ވެސް ހިންގާނަން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy