ސެޕްޓެމްބަރ 20, 2024 12:08

ވަލިން ބުޅަލަށް އަނިޔާދެނީ

ބުޅާ މަރާލި މީހާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 4, 2023

މާލޭގެ މަގެއްގެމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

އޭނާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައިވަނީ މިދިޔަ މަހު 18 ގައި އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި މުއްދަތު ހަމަވުމާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައެވެ.

މި މައްސަލާގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު މާލެއިން ހައްޔަރުކުރީ މ. ކޮޅުފުށީ/ ޖަވާހިރުވާދީ، އަހުމަދު ނަސީމް 45އ އެވެ.

ނަސީމު ބުޅަލެއްގެ ގަޔަށް ވަޅި ހަރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ޝަރީއަތުގައި އޭނާ ބުނީ ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށްވެސް ހެދިދާނެ އެއްޗެއް ކަމަށެވެ.

މިއަދު ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ ހެކީގެ ގޮތުގައި ބުޅަލަށް ހަމަލާ ދޭ ސީސީޓީވީ ފުޓޭޖް އަދި މައްސަލައިގައި ހިމެނޭ ބުޅަލަށް ހަމަލާދިނުމަށްފަހު އެ ބުޅާ އޮތް ފިހާރަ ކައިރީ އޮތް އިތުރު ބުޅަލަކަށް އޭނާ ހަމަލާދޭން އުޅުނު ކަމަށް ބުނެ މީހަކު ބަޔާން ދީފައިވާ ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނަ ކަމަށެވެ.

ގާނޫނުލްއުގޫބާތުގައިވާ ގޮތުން، އަނިޔާވެރިކަމާއެކު ޖަނަވާރަކާ މެދު އަމަލުކުރުމަކީ ކުށެކެވެ. އަދި އެ ކުށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy