ސެޕްޓެމްބަރ 20, 2024 04:02

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންދީޕް ހުޑާ ކައިވެނި ކޮށްފި

ފާތިމަތު އިސްރާ
ޑިސެމްބަރ 2, 2023

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންދީޕް ހުޑާ ކައިވެނި ކޮށްފިއެވެ.

އެކައިވެނި އޮތީ މިދިއަ ބުދަ ދުވަހުގައިއެވެ.

ރަންދީޕް، 47، ކައިވެނިކުރީ ބޮލީވުޑްގެ ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅޭ އަދި މޮޑެލްއެއް ކަމަށްވާ 37 އަހަރުގެ ލިން ލައިޝްރަމްއާ އެވެ. ލިން އަކީ ވިޔަފާވެރިއެއްގެ އިތުރުން މޮޑެލްއެކެވެ. މި ކައިވެނި އޮތީ ލިންގެ އުފަން ސްޓޭޓް ކަމަށްވާ މަނިޕޫރުގެ ހޮޓެލްއެއްގަ އެވެ.

މި ކައިވެނީގައި ދެފަރާތުގެ އާއިލާ އާއި ރައްޓެހިން ވަނީ ބައިވެރި ވެފައިއެވެ. އެ ކައިވެނި ހަފުލާ ބޭއްވީ ވެސް މަނިޕޫރުގެ ސަގާފަތާ ގުޅޭ ގޮތަށެވެ.  ކައިވެނި ހަފުލާގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށް ރަންދީޕް ބުނީ އޭނަ އާއި ލިން މިހާރު އެކައްޗަކަށްވީ ކަމަށެވެ.

ރަންދީޕްގެ އެކްޓިން ކެރިއަރުގެ ފެށުމަކީ މީރާ ނައިރްގެ 2001 ގެ ކޮމެޑީ-ޑްރާމާ "މޮންސޫން ވެޑިން" އެވެ. އޭގެ ފަހުން އެތައް ފިލްމެއް ކުޅުނު ނަމަވެސް ލީޑް އެކްޓަރަކަށް ވުރެ ބޮޑަށް ރަންދީޕް ފާހަގަކުރެވިފައި ވަނީ ސަޕޯޓިން އެކްޓަރެއްގެ ގޮތުގަ އެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy