ސެޕްޓެމްބަރ 20, 2024 04:11

ހިމަބިހިން ރައްކާތެރިވާން މީސަލްސް ވެކްސިންގެ ޤައުމީ ކެމްޕެއިނެއް އަނެއްކާވެސް ފަށައިފި

ފާތިމަތު އިސްރާ
ޑިސެމްބަރ 2, 2023

ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިކުރުމަށް ކުރާ މައްސަކަތުގެ ދަށުން، މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން އަލުން ފަށައިފިއެވެ. މި ކެމްޕެއިން ފެށީ އެއިޑްސް ދުވަސް ފާހަގަކުރުމަށް ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއްކެވެ. ބަލީގެ ކޭސްތައް ފެނުން މަދުކުރުމަށްޓަކައި މުޅި މުޖްތަމައުގެ ވެކްސިން ކަވަރޭޖް ވަރަށް މަތީގައި ހިފަހައްޓަންޖެހޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މި ކެމްޕޭނުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ 18 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުމެވެ. އަދި ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށްވެސް މި ވެކްސިން ސިނުމަކީ މިކެމްޕެއިންގެ މަޤްޞަދެކެވެ.

އެޗްޕީއޭއިން ބުނީ މ ިކެމްޕެއިނާއެކު ކުރިއަށް އޮތް ދެހަފުތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި މިހާރުގެ ގައުމީ ވެކްސިން ތާވަލުގައި ފުރަތަމަ ޑޯޒް އުމުރުން ނުވަ މަހުގެ ކުދިންނަށް އަދި ދެވަނަ ޑޯޒް އުމުރުން 18 މަހުގެ ކުދިންނަށް ދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެމްއާރު ވެކްސިން ރާއްޖޭގައި އެންމެ ފުރަތަމަ ތައާރަފުކުރީ 1983 ވަނަ އަހަރުއެވެ. މިސްލްސް ރުބެއްލާ ވެކްސިން ކަވަރޭޖް ވަނީ 95 އިންސައްތައަށް ވުރެން މަތީގައި ހިފެހެއްޓިފައިކަމަށް އެޗްޕީއޭއިން ބުންޏެވެ. ނަތީޖާއެއްގެ ގޮތުން، 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި އަދި 2020 ވަނަ އަހަރު ރުބެއްލާ ވެސް ނައްތާލެފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް ދޭތެރެދޭތެރެއިން އޭގެ ކޭސްތައް ރާއްޖެއިން އަންނަނީ ފެންނަމުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy