ސެޕްޓެމްބަރ 20, 2024 04:15

ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް ޖެހިޖެހިގެން 4 ވަނަ ފަހަރަށް ރާއްޖެ

އައިޝަތު އިބްރާހީމް
ޑިސެމްބަރ 2, 2023

ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް މަންޒިލުގެ އެވޯޑް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.

މި އެވޯޑް ރާއްޖެއަށް ލިބުނީ ރޭ ދުބާއީގެ ބުޖުރު އަލް އެރެބް ހޮޓަލުގައި ބޭއްވި ޓޫރިޒަމް ދާއިރާއިން ދޭ ދުނިޔޭގެ އެންމެ މަގުބޫލު އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައެވެ. ރާއްޖެއަށް މި އެވޯޑު ލިބިފައިވަނީ އިތުރު 17 ގައުމަކާ ވާދަ ކޮށްގެންނެވެ. އޭގެ ތެރޭގައި އަބޫދާބީގެ ދުބާއީ، އޮސްޓްރޭލިއާ، އިންޑިޔާ، ކެނެޑާ، ސްޕެއިން އަދި އިންޑޮނޭޝިއާ ފަދަ ފަތުރުވެރިކަމުގެ ދާއިރާގާއި ދުނިޔޭގައި ނަން ހިނގާ ބޮޑެތި ގައުމުތައް ހިމެނެއެވެ.

ރޭގެ ހަފްލާގައި ވަނީ ދުނިޔޭގެ ލީޑިންގް ޓޫރިޒަމް ބޯޑުގެ އެވޯޑް ވިދިވިދިގެން ދެ ވަނަ ފަހަރަށް، މޯލްޑިވްސް މާކެޓިން އެންމެ ޕަބްލިކު ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ލިބިފައެވެ. އަދި، އެމްއެމްޕީއާރުސީގެ ކުރީގެ ސީއީއޯ ތޮއްޔިބު މުހައްމަދަށް ސްޕެޝަލް އެޗީވްމަންޓް އެވޯޑް ވެސް ވަނީ ލިބިފައެވެ.

މީގެއިތުރުން ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔާ އެވޯޑު ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ލިބިފައިވާއިރު، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސީޕްލޭން އޮޕަރޭޓާގެ އެވޯޑް ރާއްޖޭގެ، ޓީއެމްއޭއިން ރޭ ވަނީ ހާސިލްކޮށްފައެވެ.

ތިރީސް ވަނަ ޓްރެވަލް އެވޯޑްގައި ދުނިޔޭގެ ކެޓަގަރީއިން  ރާއްޖެއަށް މި އަހަރު ޖުމުލަ 11 އެވޯޑެއް ލިބުނެވެ.

އެއީ:

  1. ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް (ހަތަރު ވަނަ ފަހަރަށް)
  2. ވޯލްޑް ލީޑިން ޓޫރިސްޓް ބޯޑު: އެމްއެމްޕީއާރުސީ
  3. ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓާ: ޓްރާން މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)
  4. ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް: ހުޅުލޭ އައިލްޑް ހޮޓެލް
  5. ވޯލްޑް ލީޑިން ބުޓީކް އެއާޕޯޓް ހޮޓެލް: ހޮޓެލް ޖެން
  6. ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު
  7. ވޯލްޑް ލީޑިން ލަގްޒަރީ ހަނީމުން ރިސޯޓް: ވައްކަރު މޯލްޑިވްސް
  8. ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް: ވޮއްމުލި މޯލްޑިވްސް
  9. ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް: ވެލާ ޕްރައިވެޓް އައިލެންޑް
  10. ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް: އެމަރަލް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  11. ވޯލްޑް މޯސްޓް ރޮމެންޓިކް ރިސޯޓް: ބަރޮސް މޯލްޑިވްސް

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy