ސެޕްޓެމްބަރ 20, 2024 03:45

އިޒްރޭލުން ޣައްޒާއަށް ދީފައިވާ ހަމަލާގެ ތެރެއިން /ފޮޓޯ: އަލްޖަޒީރާ

ސުލްހައިގެ މުއްދަތު ހަމަވުމާއެކު އިޒްރޭލްގެ ހަމަލާތައް ޣައްޒާއަށް

އައިޝަތު އިބްރާހީމް
ޑިސެމްބަރ 2, 2023

އިޒްރޭލުން ފަލަސްތީނުގައި ކުރިއަށްގެންދާ ގަތުލުއާންމުގެ ތެރެއިން މިދިޔަ އޮކްޓޯބަރު 7، އިން ފެށިގެން ދެމުންދާ ހަމަލާތައް މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަނެއްކާވެސް ޣައްޒާއަށް ހަމަލާދޭން ފަށައިފިއެވެ.

އިއްޔެ ކިއުއާރު ކޯޑު ހިމަނާ, ޣައްޒާގެ މެޕް [ޗާޓު] އާއެކު އިޒްރޭލުން ވަނީ ގާޒާގެ ދެކުނުގައި އޮންނަ ހާން ޔޫނިސްގެ އުތުރުރާއި ދެކުނަށް އިންޒާރުގެ ލީފްލެޓް އަޅާފައެވެ. އޭގާއި ބުނެފައި ވަނީ, އެމީހެއްގެ ސަލާމަތް ހޯދަން ބޭނުމިއްޔާ މެޕްގައި ފާހަގަ ކޮށްފައި އޮތް ސަރަހައްދު ދޫކޮށް ދިނުމަށެވެ.

އެއާއެކު ބޮން އަޅަން ފަށާފައި ވާ އިރު މިހާތަނަށް ފަލަސްތީނުގެ 184 މީހުން މަރުވެ، 589 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލުން ވިދާޅުވީ ހަމަނުޖެހުންތައް އަލުން ފެށިފަހުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ދިން ބޮމުގެ ހަމަލާތަކުގެ އަސަރު 20 އަށް ވުރެ ގިނަ ގޭބިސީއަށް ކޮށްފައިވާކަމަށެވެ.

ގަތަރުން އިސް ނަގައިގެން ހަމަލާތައް ހުއްޓާލަން ވެވުނު އެއްބަސްވުމުގެ ދަށުން، ހަފުތާއެއްހާ ދުވަހަށް ހަމަލާތައް މެދުކަނޑާލާފައި އޮތް މުއްދަތުގައި އިސްރާއީލުގެ ޖަލުތަކުން 240 ފަލަސްތީނު މީހުން މިނިވަންކޮށްފައިވާއިރު، ބަދަލުގައި 100 އަށް ވުރެ ގިނަ އިސްރާއީލުގެ އަސީރުން ހަމާސްއިން ވަނީ ދޫކޮށްލާފައެވެ.

އަދިވެސް 137 މީހަކު ހަމާސްއިން އަސީރުކޮށްފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ. އޭގެތެރޭގައި ގިނައީ ފިރިހެނުންނާއި އިޒްރޭލުގެ ސިފައިން ކަމަށްވެސް ވަނީ ބުނެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 15000 އެއްހާ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy