ސެޕްޓެމްބަރ 20, 2024 03:50

ޓައިވާނުގެ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީން ޗައިނާއަށް ދަތުރު ނުކުރުމަށް އަންގައިފި

ފާތިމަތު އިސްރާ
ޑިސެމްބަރ 1, 2023

ޓައިވާނުގެ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީން ޗައިނާއަށް ދަތުރު ނުކުރުމަށް އަންގައިފިއެވެ.

ޗައިނާގައި މިހާރު ފެތުރެމުންދާ ފުއްޕާމޭގެ ގޮތްނޭނގޭ ބައްޔެއްގެ ސަބަބުން އެ ގައުމަށް ޓާއިވާނުގެ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީންގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންވެސް ދަތުރު ނުކުރުމަށް ވަނީ އަންގާފައެވެ.

ޓައިވާނުން އަންނަނީ 2002 ވަނަ އަހަރު ޗައިނާގައި ފެތުރެން ފެށި ސާސް ރޯގާއަށްފަހު މިބާވަތުގެ އާންމު ބަލިތަކަށް ސަމާލުވެ ފިޔަަވަޅުތައް އަޅަމުންނެވެ.

ޓައިވާނުގެ ކެބިނެޓު ބައްދަލުވުމެއްގައި އެގައުމުގެ ހެލްތު މިނިސްޓަރު ވަނީ ޗައިނާގައި ފެތުރެމުންދާ ބައްޔާ ގުޅޭ ހާއްސަ ކަރުދާހެއް ހުށަހަޅުއްވައިފައެވެ. ޗައިނާއަށް ދާން ބޭނުންވާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޯގާތަކާއި ކޮވިޑްގެ ވެކްސިން ފުރިހަމަ ކުރުމަށް ވަނީ ގޮވާލާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy