ސެޕްޓެމްބަރ 20, 2024 09:10

ލީޑް ވެޓްރަންސް ފުޓްސަލް ކަޕްގެ ދެވަނަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ފާތިމަތު އިސްރާ
ޑިސެމްބަރ 1, 2023
ލ. އަތޮޅުގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) ގެ ފަރާތުން އިންތިޒާމްކޮށް ކުރިއަށް ގެންދާ ލީޑް ވެޓްރަންސް ފުޓްސަލް ކަޕްގެ ދެވަނަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ލީޑް ވެޓްރަންސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް މިއަހަރު ހުޅުވާލީ މުޅި ރާއްޖެއަށެވެ.

އެގޮތުން ރާއްޖޭގެ ކޮންމެ ހިސާބެއްގެ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް މުބާރާތުގައި ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ލީޑުން މައުލޫމާތު ދީފައިވެއެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލީ ޖަމިއްޔާ ޖަމާއަތްތަކަށާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ސަރުކާރު އިދާރާތަކަށާއި ކުންފުނި އަދި އަމިއްލަ ކުންފުނިތަކަށެވެ.

ލީޑުން މައުލޫމާތު ދީފައިވާ ގޮތުގައި ޓީމުތަކުގައި ހިމެނޭނީ ދިވެހި ރާއްޖެއަށް ނިސްބަތްވާ 35 އަހަރުން މަތީގެ ކުޅުންތެރިންނެވެ. އެހެން ނަމަވެސް ކޮންމެ ޓީމަކަށްވެސް އެޓީމަކުން ބޭނުންވާނަމަ، އުމުރުން 30 އަހަރާއި 35 އަހަރާ ދެމެދުގެ އެއް ކުޅުންތެރިއަކު ޓީމުގައި ހިމެނުމަށް ފުރުސަތު ލިބޭނެއެވެ. މުބާރާތުގައި ބައިވެރިކުރުމަށް ނިންމާފައި ވަނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 16 ޓީމަކަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy