ސެޕްޓެމްބަރ 20, 2024 06:40

ޖަމާއަތުގެ ނަމާދެއްގައި ޝައިހް މުހައްމަދު ލަތީފެ ހުތުބާ ދެއްވަނީ /ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ގައުމު އިސްލާހު ކުރެވޭނީ ނަފްސުތައް އިސްލާހު ވެގެން: ޚުތުބާ

އައިޝަތު އިބްރާހީމް
ޑިސެމްބަރ 1, 2023

ގައުމު އިސްލާހު ކުރެވޭނީ އެ ގައުމެއްގެ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސު އިސްލާހުކޮށްގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުތުބާގައި ބުނީ ގައުމެއް ނުވަތަ މުޖުތަމައެއް ނުވަތަ ރަށެއް އޭގެ ޒާތުން ގޯސްވެގެން ނުދާކަމާއި، ނަމަވެސް ގޯސްވެގެންދަނީ އެތަނެއްގައި އުޅޭ ބަޔަކު ކުރާ އަމަލުތަކެއްގެ ސަބަބުންކަމަށެވެ.

މުޖުތަމައާއި، އާއިލާއާއި، ގައުމާއި މުޅި ދުނިޔެ އިސްލާހު ކުރެވޭނީ އަމިއްލަ ނަފްސުން ކަން ފާހަގަކޮށް ނަފްސު އިސްލާހު ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ގައުމެއްގެ ތަ÷ޣައްޔަރުކަން ފިލުވާ އެ މުޖުތަމައަކަށް އަމާންކަމާއި، ތިޔާގި ކަމާއި، މިނިވަންކަމާއި އިއްޒަތްތެރިކަން ލިބިގެންދާނީވެސް އެ ގައުމެއްގެ އަހުލުވެރިން އެ ނިއުމަތްތަކަށް ފުރަގަސް ނުދޭނަމަ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ބިމުގައި ލެއްވިހާ މަހުލޫގުންނަށް ވުރެ އިންސާނުން މާތް ކަން ފާހަގަކޮށް، ހުތުބާގައި ވަނީ ފިތުރަތުގެ ސާފު ކަން މަތީ އިންސާނާގެ ނަފްސު ދެމެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް ކަން ފާހަގަކޮށްފައެވެ.

މީގެއިތުރުން ހަގީގީ މާނައިގައި ޖިހާދު ކުރާ މީހުންނަކީ ހަވާ ނަފްސުގެ އެދުންތަކަށް ނުލެނބި ނަފްސު ދިފާއުކުރާ މީހުންކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެހެން މީހުންގެ ކިބައިގައި ހުރި އުނި ސިފަ ތަކާއި އައިބުތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަމިއްލަ ނަފްސުގެ އިސްލާހުކުރުމަށް މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy