ސެޕްޓެމްބަރ 20, 2024 06:33

ފިތުރު ޒަކާތް ބަލައި ގަންނަނީ /ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށް ފޯމު ހުށަހެޅުމަށް އަންގައިފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 1, 2023

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް ހުށަހެޅުމަށް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން މި ފޯމު ހުށަހެޅުމަށް އަންގާފައި ވަނީ 2021 ވަނަ އަހަރުން 2023 ވަނަ އަހަރަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ފޯމް ބަލައިގަތުން ކުރިޔަށްދާނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15އިން 11:45ށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ކައުންޓަރުން ކަމަށް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުންޏެވެ.

އެ މުއްދަތުގެ ތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ޙާލަތު ދެނެގަންނަ ފޯމް ހުށަނާޅާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވި ފަހުން ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންނާއި ދަފްތަރުގައި ރަޖިސްޓްރީވި ފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުން އެ ފޯމް ހުށައަޅަން ޖެހޭނެ ކަމަށެވެ.

އަދި ވަޒީފާ ލިބި ދިިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ މީހުންނާއި، މި އަހަރުގެ ދަފްތަރުގައި ރަޖިސްޓްރީވިފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި، 65 އަހަރުން ފުރިފައިވާ މީހުންނާއި، އަންނަ މަހުގެ 25ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހުންނާއި، އަދި އާއިލާތައްވެސް "ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް" ހުށަހަޅަންޖެހޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy