ސެޕްޓެމްބަރ 20, 2024 16:38

ހަމްބޯ ކޮމްޕެނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު

ކޭޕާކު މައްސަލައިގައި މަންޑޭގެ މައްޗަށް 225 ދައުވާއެއް

އައިޝަތު އިބްރާހީމް
ނޮވެމްބަރ 30, 2023

ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މައްޗަށް 225 ދައުވާއެއް ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ އެ މައްސަލާގައި މި އަންނަ ހަފްތާގެ ކުރީ ކޮޅު ކޯތަށް ހުށަހެޅޭ ވަރުވާނެ ކަމަށާއި މިހާތަނަށް ހުރީ ކުށުގެ ޝިކާރައަކަށްވި ބައެއް މީހުންގެ މައުލޫމާތު ކަމަށެވެ.

ކޭޕާކު އެޕާޓްމަންޓަކީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މަންޑޭއަކީ ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރެވެ. އޭނާގެ މައްސަލަ ފެންމަތިވީ ކޭޕާކު އެޕާޓްމަންޓުތައް ނުނިމި ދިގުލައިގެންދާ މައްސަލައިގައި އެޕާޓްމަންޓު ގަތް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.

މި މައްސަލައިގެ ތަފްސީލް ހާމަކުރައްވަމުން ޝަމީމް ވިދާޅުވީ، އެއީ މަންޑޭ އާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުގެ ސޮއި ފޯޖުކޮށްގެން ލިޔުންތަކެއް އުފައްދައި، އެ ކުންފުނީގެ ނަމުގައި ބީއެމްއެލްގައި އެކައުންޓެއް އުފައްދައިގެން ބައެއް ކަހަލަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ބަލާ މައްސަލައެއް ކަމަށެވެ.

ޝަމީމް ވިދާޅުވީ ކޭޕާކު ރެސިޑެންސްގެ އެޕާޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާފައި އެބަހުރި ކަމަށާއި އެގޮތުން 41 އެއް އެޕާޓްމަންޓް 107 މީހުންނަށް ވިއްކާފައިވާ ކަމަށެވެ.

ޝަމީމް ވަނީ ޕެންޓްހައުސްގެ ތެރެއިން ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެތަނުން ނެގި އަގުހުރި މުދަލުގެ ތެރޭގައި ނުކަނޑާ ހުރި 200 ސެންޓުފުޅި، 90،000ރ. ގެ އަގުބޮޑު އަތްދަބަހާއި 10،000 ޑޮލަރާއި 25،000 ޑޮލަރުގެ އަގުހުރި ގަހަނާ ވެސް ހިމެނެ އެވެ. ޕެންޓްހައުސް އާއި އެތަނުން އަތުލައިގަތް ތަކެތީގެ ޖުމްލަ އަގު 14.8 މިލިއަން ރުފިޔާއަށް އަރަ އެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy