ސެޕްޓެމްބަރ 20, 2024 16:53

ޝިއާއުގެ މަރުގެ ދައުވާ އުފުލާފައިވާ ޝާހިލް

ޝިއާއުގެ މަރު: ޝާހިލް ވަކީލުންނާއި ވާހަކަ ނުދައްކާތީ މައްސަލަ ކުރިއަށް ނުގެންދެވިފައި!

އައިޝަތު އިބްރާހީމް
ނޮވެމްބަރ 30, 2023

މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ފުވައްމުލަކު ސިޓީ، ޝިއާއު މުހައްމަދުގެ މަރުގެ މައްސަލަ ކުރިމިނަލް ކޯޓުގައި މަޑުޖެހިފައިވަނީ އެ މައްސަލައިގެ ތުހުމަތުވާ ފ. ނިލަންދޫ ފިނިފެންމާގެ އަލީ ޝާހިލްގެ ފަރާތުން ވަކީލުންނަށް އެއްބާރުލުން ނުލިބޭތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ ޝާހިލް 23، އެއްގޮތަކަށް ވެސް އޭނާގެ ދިފާއީ ވަކީލުންނަށް އެއްބާރުލުން ނުދޭ ކަމަށާއި އެ މައްސަލައިގައި ދައުލަތުން އައްޔަނުކުރި ތިން ވަކީލުން މިހާރު ވެސް މައްސަލައިން ތަނާޒުލްވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ވަކީލުން ޝާހިލާ ބައްދަލުކުރަން ޖަލަށް ދިއުމުން ވެސް އެ މީހުންނާ ވާހަކަ ނުދައްކައި ކަމަށެވެ. އެހެންވެ އޭނާއަށް އިތުރަށް ވަކީލަކު ހަމަނުޖައްސަން ބަންޑާރަނައިބުގެ އޮފީހުން ނިންމަވާފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޝިއާއުގެ ޕޯސްޓްމޯޓަމް ނަތީޖާއިން އެނގޭ ގޮތުގައި ޝިއާއު މަރާލުމަށް ފަހު ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ޝާހިލް ވަނީ ދީފައިކަން ފުލުހުން ހާމަކުރެއެވެ. އަދި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝާހިލްގެ މައްޗަށް ކޮށްފައިވާ ބައެއް ދައުވާތައް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވީ އެ ދައުވާތައް ސިއްރުކޮށްފައި ވަނީ އާއިލާގެ މަސްލަހަތަށްޓަކައި ކަމަށާއި ތަހުގީގީ މަރުހަލާގައި އާއިލާއިން އެދިގެން ހާމަ ނުކުރަން ހުރި ބައެއް މައުލޫމާތުތައް ވެސް ހިމެނޭތީ ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy