ސެޕްޓެމްބަރ 20, 2024 04:15

އަލީވަހީދު، އިނގިރޭސިވިލާތުގައި ހައްޔަރު ކުރީ ގާނޫނާހިލާފަށް ކަމަށް ނިންމައިފި

ފާތިމަތު އިސްރާ
ނޮވެމްބަރ 29, 2023

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީވަހީދު އިނގިރޭސިވިލާތުގައި ހައްޔަރު ކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމާ، ބަދަލުގެ ގޮތުގައި އޭނާއަށް ވިހިހާސް ސްޓާލިންގ ޕައުންޑުން ބަދަލު ދޭން ނިންމާފައިވާކަމުގައި އަލީވަހީދު ވިދާޅުވެއްޖެއެވެ.

އަލީވަހީދު މިހެން ވިދާޅުވީ އޭނާގެ ގާނޫނީ ޓީމުންނެރުނު ނޫސްބަޔާނެއްގައެވެ.

މި ނޫސްބަޔާނުގައި މިކަމާ ގުޅޭގޮތުން އަލީ ވަހީދު ވިދާޅުވެފައިވަނީ، އެ ބޭފުޅުންގެ މުވައްކިލު އިނގިރޭސި ވިލާތުގައި ހައްޔަރު ކުރެވުނު ހިސާބުންވެސް، އަލީވަހީދު ދިވެހިރާއްޖޭގެވެސް އަދި އިނގިރޭސިވިލާތުގެ ވެސް އެއްވެސްވަރަކަށް ހިލާފުވެފައި ނުވާނެކަމުގެ ޔަގީންކަން ދީފައިވާނެ ކަމުގައެވެ.

މި ބަޔާނުގައި ބުނެފައިވަނީ، ގާނޫނާއި ޚިލާފަށް އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރު ކުރި މައްސަލާގައި އެގައުމުގެ ސަރުކާރުގެ މައްޗަށް ދައުވާކުރުމުގެ ކުރިން ގުޅިފައިވާ ވަކީލުންގެ ޓީމަކުން އެގައުމުގެ ސަރުކާރާއެކު ކުރި މަޝްވަރާތަކާއެކު، އެ ހައްޔަރަކީ ގާނޫނާއި ޚިލާފު ހައްޔަރެއްކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން އެއްބަސް ވެފައިވާކަމުގައެވެ.

"އަދިހަމަ، ގާނޫނާ ޚިލާފަށް އެގައުމުގެ ފުލުހުން މެދުވެރިކޮށް އަޅުގަޑުމެންގެ މުވައްކިލު ކުރީގެ ޓޫރިޒަމް މިނސްޓަރު އަލީ ވަހީދު ހައްޔަރުކުރުމުގެ އަމަލަށް އިނގިރޭސި ސަރުކާރުގެ ފަރާތުން އޭނާގެ ކިބައިން މާފަށް އެދިފައި ވުމުގެ އިތުރަށް، ގާނޫނާއި ޚިލާފު އެ ހައްޔަރުގެ ސަބަބުން އަޅުގަޑުމެންގެ މުވައްކިލަށް ލިބިގެންދިޔަ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 20،000 ސްޓާރލިން ޕައުންޑް އޭނާއަށް ދިނުމަށްވެސް އިނގިރޭސި ސަރުކާރުން ނިންމާފައިވާކަންވެސް ފާހަގަކުރަމެވެ." އަލީވަހީދުގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އޭނާ ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމާ އިނގިރޭސި ސަރުކާރުން މާފަށް އެދި އަދި ބަަދަލު ދޭން ނިންމާފައިވާކަމަށް ބުނެ އަލީވަހީދު ކުރި ޓުވީޓުގައި ވިދާޅުވެފައިވަނި ވަގުތު ނެގިއަސް ހައްގަށް ނަސްރު ލިބޭނެ ކަމަށާއި، ހަމްދު ކުރަނީ ހެއްދެވިފަރާތަށް ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy