ސެޕްޓެމްބަރ 20, 2024 03:59

އައިއޭސީން ޢައްޒާއަށް ފޮނުވާ އެހީގެެ ޓްރަކްތައް ލޯޑުކުރަން އެހީވަނީ /ފޮޓޯ: އައިއޭސީ

ހަނގުރާމަ މެދުކަނޑާލުމާއެކު ދިވެހިންގެ އެހީގެ ޓްރަކްތައް ޢައްޒާއަށް

އައިޝަތު އިބްރާހީމް
ނޮވެމްބަރ 27, 2023

49 ދުވަސްވަންދެން ޣައްޒާއަށް ދެމުންއައި އުދުވާނަށްފަހު ވަގުތީގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލި ދުވަހާ ޖެހިގެން އައި ދުވަހު ދިވެހިންގެ އެހީގެ ޓްރަކުތައް ޢައްޒާއަށް ވައްދައިފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، ޣައްޒާއަށް ވެއްދި ހުރިހާ ޓްރަކެއް ވެސް ފުރަތަމަ ގެންގޮސްފައިވަނީ އިސްރާއީލު ފަޅިއަށެވެ. އަދި އެ ތަނުން އެ ލޮރީތައް ޗެކުކުރުމަށްފަހު ލޮރީތަކުގައި ހުރި ތަކެތި އެހެން ލޮރީތަކަށް އަރުވައިގެން ކަރީމް އަބޫ ސާލިހު މަގުން ޢައްޒާއަށް ވަދެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އައިއޭސީގެ ގާފިލާގައި ޖުމުލަ ހަ ލޮރީ ހިމެނެއެވެ. އެ ލޮރީތަކުގައި ޖުމުލަ 700،000 އެމެރިކާ ޑޮލަރުގެ މުދާ ބަރުކޮށްފައިވާ ހަތް ކޮންޓެއިނަރު ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭހާއި ސިއްހީ ސާމާނު ބަރުކޮށްފައިވާ ތިން ކޮންޓެއިނަރާއި ފެނާއި ފުށް ބަރުކޮށްފައިވާ ހަތަރު ކޮންޓެއިނަރެވެ. އޭގެ ތެރޭގައި ކުޑަކުދީން ބޯ ކިރުޕެކެޓުވެސް ހިމެނެއެވެ.

އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފައިސާ ހޯދުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. މިގޮތުން ބައެއް މުވައްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy