ސެޕްޓެމްބަރ 20, 2024 08:48

ނައިބު ރައީސް ކަމުގެ ހުވާ ހުސައިން މުހައްމަދު ލަތީފު ކުރައްވަނީ /ފޮޓޯ: ރައީސްއޮފީސް

ވެރިކަން ދެމެހެއްޓުމަށް ރައީސާއި އެކު ސާބިތުވެ ހުންނާނަން: ނައިބު ރައީސް

އައިޝަތު އިބްރާހީމް
ނޮވެމްބަރ 25, 2023

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމަކީ ރައްޔިތުން ގެނައި ވެރިކަމެއް ކަމަށާއި ވެރިކަން ދެމެހެއްޓުމަށް ރައީސާއެކު ދެމި ހުންނަވާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ހުސައިން މިފަދައިން ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ނިންމެވުމާ ގުޅިގެން ސަރުކާރުގެ ވަޒީރުންނާއި އިސްވެރިންނާއި ޕީޕީއެމްގެ އާއްމު މެންބަރުން ގެންދަވަނީ ރައީސް މުއިއްޒުގެ ސަޕޯޓްކުރައްވާ ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުންނެވެ. އަދި ނައިބު ރައީސް ވެސް ސޯޝަލް މީޑިއާ އެކްސްގައި ލިއުމެއް ޖެއްސެވީ އެ މޭރުމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ އެތައް ރައްޔިތުންގެ ބައިވެރިވުމާއެކު ގެނައި ސަރުކާރެއްކަމަށާއި ރައްޔިތުން އިހްތިޔާރު ކުރީ ރައީސް މުއިއްޒުގެ ތަސައްވުރު ކަމަށާއި މިއީ އެތައް ރައްޔިތުންގެ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"އެ މަނިކުފާނު އިސް ކުރައްވާނީ ރައްޔިތުންގެ މަސްލަހަތު. މި ވެރިކަމަކީ ރައްޔިތުންނަށް ލާބަ އާއި މަންފާ ހުރި ނަފާވެރި ވެރިކަމަށް ހެދުމަށް އެ މަނިކުފާނު ސާބިތުވެ ހުންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ނައިބު ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމީންގެ ސަޕޯޓަރުން އަންނަނީ ރައީސް މުއިއްޒުއަށް ފާޑު ވިދާޅުވެ ސޯޝަލް މީޑިއާގައި ވެސް ތަފާތު ޝުއޫރުތައް ފާޅު ކުރަމުންނެވެ.

 

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy