ސެޕްޓެމްބަރ 20, 2024 10:41

ރައީސް މުޢިއްޒުއާއެކު ސާބިތުވެތިބުމަކީ ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް: ޢަބްދުއްރަޙީމް

ފާތިމަތު އިސްރާ
ނޮވެމްބަރ 25, 2023

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ސާބިތުވެ ތިބުމަކީ ދިވެހި ޤައުމާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅުގޮތްކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއަކީ "އެންމެ ފުރަތަމަ ޤައުމު" އިސްކުރާ ދެ ޕާޓީ ކަމަށާއި އެ ޕާޓީގެ ލީޑަރޝިޕުން ތިއްބެވީ ދިވެހި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ރައީސް ޑރ. މުޢިއްޒުގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ކަމަށެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވެފައިމިވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް އެއްބާރުލުން ނުދެއްވާކަމަށް ތުޙުމަތުކުރައްވައި، ޕީޕީއެމްއިން އެމަނިކުފާނު ވަކިވެވަޑައިގެންނެވުމާއެކު ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕާމެދު ރައީސް ޔާމީން އަށް ތާއީދުކުރައްވާ ބޭފުޅުން އެކި ވަރުގެ ތުޙުމަތުކުރައްވާ ދަނޑިވަޅެއްގައެވެ.

މިގޮތުންވެސް އެންމެ ބޮޑަށް ވާހަކަދެކެވެނީ ޢަބްދުއްރަޙީމްއާ ގުޅުވައިގެންނެވެ. އެގޮތުން، ރައީސް ޑރ. މުޢިއްޒު ހުންނެވީ ޢަބްދުއްރަޙީމްގެ އަތްދަށުވެފައިކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy