ސ. ހިތަދޫއިން އަންހެނަކު ގެއްލިގެން ހޯދަންފަށާފައިވާކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.
ސ. ހިތަދޫ ކަދުރުމާގޭ، އާއިޝަތު ވިސާމާ (39އ) ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ނޮވެމްބަރު 19 ވަނަ ދުވަހުއެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުގައި ފުލުހުން ބުނީ އެންމެ ފަހުން ވިސާމާގެ ހަބަރެއް އާއިލާއަށް ވެފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހު ފޯނުންނެވެ. އަދި ނޮވެމްބަރު 16 ވަނަ ދުވަހު ވިސާމާ މާލެ އައިސްފައިވާކަމަށްވެސް ޕޮލިހުން މައުލޫމާތުދެއެވެ.
އާއިޝަތު ވިސާމާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ފަހަކަށް އައިސް ވީނުވީއެއް ނޭނގި މީހުން ގެއްލިގެން ރިޕޯޓު ކުރާ ކޭސްތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިމަހުގެ ކުރީކޮޅު ގެއްލިގެން ފުލުހުން ހޯދަމުން ދިޔަ މީހެއް ފެނުނީ އެ މީހާ ހޯދުމުގެ މަސައްކަތްކުރިތާ ދެ ހަފްތާ ވީ ފަހުންނެވެ.