ސެޕްޓެމްބަރ 20, 2024 06:41

މިސްކިތުގައި ހުކުރު ހުތުބާ ދެނީ /ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

ފަސާދައާއި ހިޔާނާތް ފެތުރުނަ ނުދިނުމަށް ވެރިން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަން ޖެހޭ: ހުތުބާ

އައިޝަތު އިބްރާހީމް
ނޮވެމްބަރ 24, 2023

މީސްތަކުންގެ މެދުގައި ފަސާދައާއި ހިޔާނާތް ފެތުރުނަ ނުދިނުމަށްޓަކައި ވެރިން އެމީހުންގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރަންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

'އަމާނަތްތެރިކަމާއި މަސްއޫލިއްޔަތު'' މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުތުބާގައި ބުނީ މީސްތަކުންގެ ކަންތައްތައް އިސްލާހުކޮށް ބެލެހެއްޓުމަށް މަސްއޫލުވެރިއަކު ހުންނަން ޖެހޭ ކަމަށާއި، އެއީ އެމީހުންގެ ކަންތައްތައް އޮޅުންބޮޅުންވެ ފާލުން ނެއްޓިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

ޚުތުބާގައި ބުނީ އަމާނާތްތެރިކަން ގެއްލިއްޖެނަމަ ހަޔާތުގެ ނިޒާމު ފުނޑުފުނޑުވެ ހައްގުތައް ގެއްލި ހިނގައިދާނެ ކަމަށާއި، ފަސާދަ އާއްމުވެ ހިޔާނާތް ފެތުރިދާނެ ކަމަށެވެ. އެހެންކަމުން މަސްއޫލިއްޔަތާއި ޒިންމާ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. ޚުތުބާގައި ބުނީ މަސްއޫލިއްޔަތަކީ ލުއިފަސޭހަ ކަމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އަމުރުކުރުމާއި މަނާ ކުރުން ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އެއީ ބައެއް މައްޗަށް އަތްގަދަ ކުރުން ނޫން ކަމަށާއި، އެއީ ބޮޑެތި ޒިންމާތަކެއް ކަމަށެވެ.

ހުތުބާގައި ބުނީ ފަހު ޒަމާނުގައި މަސްއޫލިއްޔަތުތަކާ ހަވާލުވާ ބައެއް މީހުންގެ ކިބައިގާ އެމީހުން ހަވާލުވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ނުހުންނާނެ ކަމަށް ކީރިތި ރަސޫލާ ހަބަރު ދެއްވާފައިވާ ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy