ސެޕްޓެމްބަރ 20, 2024 08:38

އިއްޔެގެ ރީތި ތާރީހުގައި ކުރި ކައިވެނީގެ އަދަދު މަދު

އިއްޔެގެ ރީތި ތާރީހުގައި ކުރި ކައިވެނީގެ އަދަދު ނިސްބަތުން މަދު

އައިޝަތު އިބްރާހީމް
ނޮވެމްބަރ 24, 2023

އިއްޔެގެ ރީތި ތާރީހު (23/11/23) ގައި ކުރި ކައިވެނީގެ އަދަދު ނިސްބަތުން މަދު ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ރީތި ތާރީހުތަކާއި ގުޅުވައިގެން ކައިވެނި ކުރުމަކީ ފަހުގެ "ޓްރެންޑް" އަކަށް ވީނަމަވެސް އިއްޔެގެ މި ރީތި ތާރީހުގައި ކޮށްފައިވަނީ 29 ކައިވެންޏެވެ. އޭގެ ތެރެއިން 12 ކައިވެނި ކޮށްފައިވަނީ ފެމިލީ ކޯޓުގައެވެ.

މި އަހަރުގެ ރީތި ތާރީހެއް ކަމަށްވާ 23/03/23 އަކީ ރީތި ތާރީހެއް ކަމަށްވިޔަސް އެ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ފުރަތަމަ ދުވަހަށްވުމުން ކޮށްފައިވަނީ 12 ކައިވެންޏެވެ.

އަދި މި އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހާއި (22.06.23) 23 ވަނަ ދުވަހު (23.06.23) ފެމިލީ ކޯޓުން 87 ކައިވެންޏެއް ކޮށްދީފައިވެއެވެ.

މިދިޔަ އަހަރުގެ އެންމެ ރީތި އެއް ތާރީހު ކަމަށްވާ 22/12/22 ގައި ފެމިލީ ކޯޓުގައި ޖުމްލަ 58 ކާވެނި ކޮށްދީފައިވާއިރު ދެން އެންމެ ރީތި ތާރީހުގެ ގޮތުގައި ހިމެނޭ 22/2/22 ގައި 85 ކައިވެންޏެއް ފެމިލީ ކޯޓުން ވަނީ ކޮށްދީފައެވެ.

މީގެ އިތުރުން 2021 ވަނަ އަހަރު ޑިސެމްބަރު މަހު އައި ރީތި ތާރީހެއް ކަމަށްވާ 21/12/21 ގައި ފެމިލީ ކޯޓުން ވަނީ 57 ކައިވެނި ކޮށްދީފައެވެ. އެއީ އެ އަހަރު އެންމެ ގިނަ ކައިވެނި ކުރި ދުވަހެވެ.

ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ 2022 ވަނަ އަހަރު ޖުމްލަ 2514 ކައިވެންޏާއި 1346 ވަރިކޮށްދީފައިވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy