ސެޕްޓެމްބަރ 20, 2024 08:39

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު /ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ވަގުތީ ރައީސަކަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އައިޝަތު އިބްރާހީމް
ނޮވެމްބަރ 24, 2023

އެމްޑީޕީގެ ރައީސްކަމަށް މީހަކު އިންތިހާބު ކުރެވެންދެން ހުސްވެފައިވާ، އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) ހަމަޖައްސައިފިއެވެ.

47 މެމްބަރުންގެ ވޯޓާއެކު ރައީސް ސޯލިހު މި މަގާމަށް އައްޔަންކުރީ ރޭ އއ. އުކުޅަހުގައި ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ނުވަވަނަ ޖަލްސާގައެވެ.

ރައީސް ސޯލިހު އެ މަގާމަށް ހަމަޖެއްސިއިރު އެ މަނިކުފާނު ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެފައެއް ނުވެއެވެ. އަދި އެ މަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ ޕާޓީގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަގާމުން އިސްތިއުފާދެއްވައި އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. އެމްޑީޕީގެ ރައީސްގެ މަގާމުގެ އިތުރުން، ނައިބު ރައީސްގެ މަގާމު ވެސް ވަނީ ހުސްވެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފައިވާ އެހެން ބައެއް ކަންތައްތަކަކީ:

  • ސަރުކާރު ޒިންމާދާރު ކުރުވުމަށް ކޮމިޓީއެއް އެކުލަވާލުން
  • ޕާޓީއަށް މެމްބަރުން އިތުރުކުރުން
  • މަޖިލީހުގެ އިންތިހާބު ކަންތައްތައް ކުރިއަށް ގެންދިއުމަށް 5 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުން
  • ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބޭ ކަމާއި އެ މީހުން ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ނަގާލަން ރާވަމުން ދިޔަ ކަމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލި ވާހަކަ އާއި ދައުލަތް ޝާމިލްވެ ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ޕަބްލިކް އިންކުއަރީއެއް ހަދަން އެމްޑީޕީ ޕީޖީ ގުރޫޕުގައި އެދުން ހިމެނެއެވެ.

އަދި ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ އާ ސަރުކާރަށާއި ސަރުކާރުގެ ވަޒީރުންނަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވައިފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy