ސެޕްޓެމްބަރ 20, 2024 11:50

ހުޅުމާލެ އެކްސިޑެންޓް: ކާރުޑްރައިވަރުގެ ބަންދަށް 7 ދުވަސް، އަނިޔާވި އެކަކު އައިސީޔޫގައި

ފާތިމަތު އިސްރާ
ނޮވެމްބަރ 23, 2023

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި މިދިޔަ ހޯމަ ދުވަހު ކާރެއް ކޮންޓްރޯލް ނުވެ ގޮސް ތިން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އެމީހާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހާގެ ބަންދުގެ މުއްދަތު ޖެހީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައެވެ.

މި އެކްސިޑެންޓުގައި ޖުމްލަ ހަތަރު މީހަކަށް އަނިޔާވިއެވެ. އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުންނަށެވެ.

އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އެތަނުން އެކަކަށް ފަރުވާދެނީ އައިސީޔޫގަ އެވެ. ދެވަނަ މީހާ އަށް ފަރުވާދެމުން އަންނަނީ އެޗްޑީޔޫގައެވެ. އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހާގެ ހާލު ސީރިއަށް ކަމަށްވެއެވެ

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy