ސެޕްޓެމްބަރ 20, 2024 13:26

ޕީސީބީގެ ރައީސް ހަމްދީ އަގީލް

ޕީސީބީގެ ރައީސްކަމުގެ މަގާމަށް ހަމްދީ އަގީލް އައްޔަނުކޮށްފި

އައިޝަތު އިބްރާހީމް
ނޮވެމްބަރ 23, 2023

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމުގެ މަގާމަށް ކުރީގެ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރުކަން ކުރެއްވި ހަމްދީ އަގީލް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.

ހަމްދީ އެ މަގާމަށް އައްޔަންކޮށްފައިވާއިރު، މީގެ ކުރިން މެންބަރުން ހަމަނުވެ އޮތް ޕީސީބީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ، ތިން މެންބަރަކު އައްޔަންކޮށްފައެވެ.

އެގޮތުން:

  • އެކައުންޓިން އެންޑް ފައިނޭންސް ގެ ދާއިރާއަށް: އަޙްމަދު މުޝްތާޤު
  • ބޭންކިންގެ ދާއިރާއަށް: ލީނާ ޢަބްދުލްޖަލީލް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަށް: އަލްއުސްތާޛު މޫސާ ފަތުޙީ އާދަމެވެ.

އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީއިން ކޮމާސްގެ ދާއިރާއިން މާސްޓާސް ހާސިލުކޮށްފައިވާ ހަމްދީ ވަނީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.

ޕީސީބީގެ ބޯޑު އެކުލެވެނީ ރައީސާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ޖުމުލަ ހަތް މެމްބަރުންގެ މައްޗަށެވެ. ބޯޑުގެ މެމްބަރުކަމަށް މެމްބަރުން އައްޔަންކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަން ޖެހޭނެއެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy