ސެޕްޓެމްބަރ 20, 2024 03:55

ދަރިވަރުންތަކެއް ލައިބްރަރީގައި ކިޔަވަނީ /ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސުކޫލުތަކުގެ ލައިބްރަރީގައި ހުރި ދީނާ ސަގާފަތާ ފުށުއަރާ ހުރިހާ ފޮތެއް ނަގަން އަންގައިފި

އައިޝަތު އިބްރާހީމް
ނޮވެމްބަރ 22, 2023

ސްކޫލްތަކުގެ ލައިބްރަރީތަކުގައި ހުރި އިސްލާމްދީނާ، ސަގާފަތައް ފުށުއަރާ ފަދަ ފޮތްތައް ނަގަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އަންގާރަ ދުވަހު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ސޮއި ކުރައްވާ ރާއްޖޭގެ ހުރިހާ ސްކޫލަކަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ޑިވިޝަންތަކާއި ސެކްޝަންތަކާއި ޑިޕާޓްމަންޓުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ސްކޫލުތަކުގެ ލައިބްރަރީތަކުގައި ބޭނުންކުރާ ފޮތް އަދި އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި އިސްލާމްދީނާއި، ދިވެހިންގެ ފަތާއި، އާދަކާދަތަކާ ފުށުއަރާފަދަ ބައެއް ތަކެތި ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން ސްކޫލްތަކުގެ ލައިބްރަރީތަކުގައި މިފަދަ ފޮތެއް ނުވަތަ އެއްވެސް އެއްޗެއް ހުރިނަމަ އެ މިނިސްޓްރީއާ ގުޅިގެން އެފަދަ ތަކެތި ނައްތާލުމުގެ އިންތިޒާމް ކުރިއަށް ގެންދިއުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ސާކިއުލާގައި އަންގާފައެވެ.

އަދި ސުކޫލު ލައިބްރަރީތަކުގައި ދަރިވަރުން ބޭނުން ކުރާ ފޮތްތަކަކީ އިސްލާމްދީނާއި، އާދަކާދައާއި ސަގާފަތައް ފުށުނާރާ ތަކެތި ކަން ކަށަވަރު ކުރުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސުކޫލުތަކަށް އަންގާފައެވެ. އަމިއްލަ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން ހަދިޔާ ކުރާ ފޮތްފަދަ ތަކެތިވެސް ލައިބްރަރީތަކުގައި ބޭނުންކުރުމުގެ ކުރިން އެތަކެއްޗަކީ ދަރިވަރުން ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަން ކަށަވަރުކުރުމަށްވެސް ވަނީ އަންގާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy