ސެޕްޓެމްބަރ 20, 2024 03:55

ރައީސް ޑރ. މުއިއްޒު އަދި ސައުދީގެ މިނިސްޓަރު ފައިސަލް ބައްދަލުކުރެއްވުން /ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި އެކު ވިޔަފާރި އެއްބަސްވުމެއްގައި ސޮއި ކުރަން ސައުދީން ނިންމައިފި

އައިޝަތު އިބްރާހީމް
ނޮވެމްބަރ 22, 2023

ރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސައުދީ އަރަބިޔާގެ ވަޒީރުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ.

ސައުދީގެ ގައުމީ ނިއުސް އޭޖެންސީ، ވާސްއިން ބުނެފައިވާ ގޮތުގައި ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ރާއްޖެއާއެކު ވިޔާފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޝްވަރާތައް ރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދިޔުމަށެވެ. އެ މަޝްވަރާތަކުގައި ސައުދީގެ ފަރާތުން އިސްވެ ހުންނަވާނީ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމެންޓު އޮތޯރިޓީގެ ޗެއާމަނެވެ.

ސައުދީއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ރާއްޖެއިން ނިންމާފައި ވާއިރު އިގްތިސޯދު ތަރައްގީ ކުރެވެން ހުރި ދާއިރާތަކުން، ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާއާގެ ވަފުދަކާ މިމަހު 18 ވަނަ ދުވަހު ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހުވައިކުރެއްވުމުގެ ގޮތުން އޮތް ޖަލްސާއަށް ވެސް ސައުދީގެ ފަރާތުން ހާއްސަ މަންދޫބެއްވަނީ ވަޑައިގެންފައެވެ. ސައުދީގެ ފަރާތުން އެ ޖަލްސާގައި ބައިވެރިވެވަޑައިގަތީ އެ ގައުމުގެ އިކޮނޮމީ އެންޑް ޕްލޭނިން މިނިސްޓަރު ފައިސަލް ބިން ފާދިލް އަލް އިބްރާހީމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސައުދީގެ އިކޮނޮމީ އެންޑް ޕްލޭނިން މިނިސްޓަރު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައިވެއެވެ. ހާއްސަކޮށް ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓް އަދި އިގްތިސޯދީ ދާއިރާ ފަދަ އިގްތިސޯދު ތަރައްގީ ކުރެވެން ހުރި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ވަނީ މަޝްވަރާތަކެއް ކުރެވިފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy