ސެޕްޓެމްބަރ 20, 2024 11:45

ރައްޔިތުންގެ މަޖިލިސް /ފޮޓޯ: މަޖިލިސް

ބަޖެޓު ބަހުސް ނިންމުމަށް މިއަދުގެ މަޖިލިސް ޖަލްސާ ދިގުދަންމާލަނީ

އައިޝަތު އިބްރާހީމް
ނޮވެމްބަރ 21, 2023

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަށް ބަހުސްކޮށް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ދިގު ދަންމާލަން ފާސްކޮށް ބަޖެޓުގެ ބަހުސް ފަށައިފިއެވެ.

ބަޖެޓް ބަހުސް އަވަހަށް ނިންމުމަށް ޓަކައި މިއަދުގެ މަޖިލިސް ޖަލްސާ މިރޭ 10:00 އާ ހަމައަށް ކުރިއަށް ގެންދަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުންގެ އިއްތިފާގުންނެވެ.

2023 ވަނަ އަހަރަށް ފާސްކުރި ބަޖެޓަށްވުރެ 6.9 ބިލިއަން ރުފިޔާގެ އިތުރު ބަޖެޓެއް ވަނީ މިފަހަރު ހުށަހަޅާފައެވެ. އެގޮތުން އަންނަ އަހަރަށް ކަނޑައަޅާފައިވަނީ 49.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 2023 ވަނަ އަހަރު ފާސްކޮށްފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓު ބަހާލާފައިވަނީ ރިކަރަންޓު ހަރަދަށް 34.8 ބިލިއަން ރުފިޔާ، ޕީއެސްއައިޕީއަށް 8.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 6 ބިލިއަން ރުފިޔާއެވެ.

ބަޖެޓުގައި ހިމަނާފައިވާ މައިގަނޑު ހަރަދުތަކަކީ:

  • އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް: 8.9 ބިލިއަން ރުފިޔާ
  • ގެދޮރު އިމާރާތް ކުރުމާއި ޖަމާއަތުގެ ފައިދާއަށް: 4.5 ބިލިއަން ރުފިޔާ
  • ސިއްހީ ދާއިރާ: 7.4 ބިލިއަން ރުފިޔާ
  • ތައުލީމީ ދާއިރާ: 5.3 ބިލިއަން ރުފިޔާ
  • އިޖުތިމާއީ ރައްކާތެރިކަން: 3.5 ބިލިއަން ރުފިޔާ
  • ތިމާވެށި ރައްކާތެރި ކުރަން: 1.8 ބިލިއަން ރުފިޔާ
  • ދިފާއީ، އަދުލް އިންސާފު އަދި އަމަން ގާއިމުކުރަން: 5.6 ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޖެޓު ފޮތުގައިވާ ގޮތުން، އާމްދަނީގެ ގޮތުގައި ދައުލަތަށް 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރެއިން 25.6 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި، އެހެނިހެން އާމްދަނީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ، އަދި ހިލޭ އެހީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy