ސެޕްޓެމްބަރ 20, 2024 10:46

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދިޔަ ހަރަދު ބޮޑެއް ނޫން

ފާތިމަތު އިސްރާ
ނޮވެމްބަރ 20, 2023

ރަައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ރަސްމިއްޔާތު ބޭއްވުމަށް ދިޔަ ހަރަދު ބޮޑު ނޫން ކަމަށް ދޭހަވާ ފަދަ ގޮތަކަށް، އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވައިފި އެވެ.

އަންނަ އަހަަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރަމުން އަންނަ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށްފަ އެވެ.

އެ ކޮމިޓީ ބައްދަލުވުމުގައި، ރައީސް މުއިއްޒު ހުވާކުރެއްވުމަށް ބޭއްވި ޖަލްސާގެ ހަރަދުތަކުގެ ވާހަކަ މިނިސްޓަރު ދެއްކެވީ، ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

"މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރަދުކުޑަކުރުން ކަމަށް ބުނަމުން ދާއިރު، ހުވާކުރުމުގެ ޖަލްސާއަށް 22 މިލިއަން ރުފިޔާ ހަރަދުކޮށް، ރައީސް މުލިއާގެއަަށް ބަދަލުވެވަޑައިގަތުމަށް ވެސް ބޮޑު އަދަދެއް ހަރަދުކުރުމާ ދެކޮޅަށް ލަފާ ނުދެއްވަނީތޯ؟" މި މޭރުމުން ޔައުގޫބް ކުރެއްވި އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މިހާރުގެ މާލީ ހާލަތަށް ބަލާއިރު، ވަރަށް ބޮޑަށް ހަރަަދު ކުޑަކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް، ހުވާކުރުމުގެ ޖަލްސާ އެގޮތަށް ބޭއްވީ އެ ދުވަސް "ޝަރަފުވެރިކޮށް ފާހަގަކުރުމަކީ ވެސް ދިވެހި ވަރަށް ގިނަ ދަރިން އެދި ތިބި ކަމަކަށް ވާތީ ކަމަށާއި އެކަމަކު ވެސް މި ގައުމުގެ ޝަރަފާއި މި ގައުމުގައި އެ އަންނަ މުހިއްމު ދުވަހެއް އެ ދުވަސް ފާހަގަކުރުމުގެ ޝަރަފުވެރިކޮށް ފާހަގަކުރުމަކީ ވެސް ދިވެހި ވަރަށް ގިނަ ދަރިން އެދިތިބި ކަމެއް ކަމަށް ޝަފީގް ވިދާޅުވި އެވެ.

ރައީސްގެ ގެކޮޅަށް ދާނެ ކަމަށް ބެލެވޭ ހަރަދުތަކާ ގުޅިގެން ޝަފީގް ވިދާޅުވީ، އެ ކަމަށް ދާނެ ހަރަދުތައް އެނގޭނީ ބީއޯކިއު އެސްޓިމޭޓްތައް ލިބިވަޑައިގެންނެވުމުން ކަމަށެވެ. އަދި އަގުތައް ބެލުމަށް ފަހު، އަގު ކުޑަކުރެވޭ ދިމަދިމާލުން ހަރަދުކުޑަކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މުލިއާގެ މަރާމާތު ކުރަން ޖެހޭތީ، ރައީސް މުއިއްޒު އަދި ދިރިއުޅުއްވަނީ އެ މަނިކުފާނުގެ އަމިއްލަ ގެކޮޅު، މ. ދިމްޔާތުގަ އެވެ. މުލިޔާގެއަށް ބަދަލުވެވަޑައިގަތުމަށް ދެ މަސްދުވަސް ވަރު ހޭދަވާނެ ކަމަށް ސަރުކާރުން ބުނެފައި ވާއިރު، އެ ތަނުގެ މަރާމާތަށް ދާ ހަރަދު ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy