ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންނަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިދިޔަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި މުއިއްޒުގެ ކެބިނެޓުގައި 22 ބޭފުޅުން ތިއްބަވައެވެ. މި ބޭފުޅުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިންނެވެ. އެގޮތުން ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަނު ކުރައްވާ މީހުންގެ ނަންތައް، އެމީހުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.
ގާނޫނުއަސާސީ ބުނާގޮތުން ރައީސް އާއި ނައިބު ރައީސް ފިޔަވައި، ރައީސް އައްޔަން ކުރައްވާ ވަޒީރުންނަށް މަގާމުގައި ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
އާ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:
- މިނިސްޓާ އޮފް ޑިފެންސް - ގައްސާން މައުމޫން
- މިނިސްޓާ އޮފް ފޮރިން އެފެއާޒް - މޫސާ ޒަމީރު
- މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ - އަލީ އިހްސާން
- މިނިސްޓާ އޮފް ފިނޭންސް - ޑރ. މުހައްމަދު ޝަފީގް
- މިނިސްޓާ އޮފް އެޑިއުކޭޝަން - ޑރ. އިސްމާއީލް ޝަފީއު
- މިނިސްޓާ އޮފް ހެލްތު - ޑރ. އަބްދުﷲ ޚަލީލް
- މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - މުހައްމަދު ސައީދު
- މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - އަހްމަދު ޝިޔާމް
- މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- މިނިސްޓާ އޮފް ޓޫރިޒަމް - އިބްރާހީމް ފައިސަލް
- މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - ޑރ. އައިޝަތު ޝިހާމް
- މިނިސްޓާ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން - ޑރ. އަބްދުﷲ ރާފިއު
- މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާޖީ - ތޯރިގް އިބްރާހީމް
- މިނިސްޓާ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް - ޑރ. އަލީ ހައިދަރު އަހްމަދު
- މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - މުހައްމަދު އަމީން
- މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް - އާދަމް ނަސީރު އިބްރާހީމް
- މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ޑރ. މަރިޔަމް މާރިޔާ
- މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ - ޑރ. އަބްދުﷲ މުއްތަލިބް
- މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ - ޑރ. އައިޝަތު ރަމީލާ
- މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް - އިބްރާހީމް ވަހީދު (އަސްވާޑް)
- މިނިސްޓާ ސިޓީސް ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް - އާދަމް ޝަރީފު
- އެޓާނީ ޖެނެރަލް - އަހުމަދު އުޝާމް
މަޖިލީހުގެ މެޖޯރިޓީ އަކީ އިދިކޮޅު އެމްޑީޕީގެ މެމްބަރުން ނަމަވެސް، އެމްޑީޕީން ގެންދަނީ ސަރުކާރު ފަށައިގަތުމަށްޓަކައި ބޭނުންވާނެ އެހީތެރިކަން މަޖިލީހުން ފޯރުކޮށްދޭނެ ކަމަށް ބުނަމުންނެވެ.