ސެޕްޓެމްބަރ 20, 2024 03:55

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝަމާލާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް /ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ ހިދުމަތުން ލެފްޓިނެންޓު ޖެނެރަލް އަބްދުﷲ ޝަމާލު ރިޓަޔާ ކުރައްވައިފި

އައިޝަތު އިބްރާހީމް
ނޮވެމްބަރ 19, 2023

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނަންޓް ޖެނެރަލް އަބްދުﷲ ޝަމާލް، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.

ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މޭޖާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަބްދުއްރަހީމް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމުގައެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ސިފައިންގެ ހިދުމަތުން ޝަމާލް ރިޓަޔާވެ ވަޑައިގަތީ 35 އަހަރުގެ ހިދުމަތަށް ފަހު އެވެ. އޭނާއަކީ ސިފައިންގެ ދެވަނައަށް އެންމެ އިސް ރޭންކް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ސިފައިންގެ ތާރީހުގައި ވެސް ލިބިވަޑައިގަތް ދެވަނަ ބޭފުޅާއެވެ. މީގެ އިތުރުން އަސްކަރީ ހިދުމަތުގައި އޭނާ ވަނީ 16 ސާވިސް މެޑަލްވެސް ހޯދާފައެވެ.

ޝަމާލް ރިޓަޔާ ކުރެއްވިއިރު ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ރިޓަޔާ ކުރައްވާފައެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy