ސެޕްޓެމްބަރ 20, 2024 04:02

އަންހެނުންނާއި ޒުވާނުން؛ ގައުމު ހިންގުމުގެއިންޖީނު ގައުމު ދެމިއޮތުމުގެކަތަކަ: ރައީސް ޑރ މުއިއްޒު

ފާތިމަތު އިސްރާ
ނޮވެމްބަރ 17, 2023

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ތަޤުރީރުގައި ދިވެހި އަންހެނުންނާއި ޒުވާނުންނަކީ، ޤައުމު ހިންގުމުގެ އިންޖީނުކަމަށާއި، އެމީހުންނަކީ ޤައުމު ދެމިއޮތުމުގެ ހަކަތަކަމުގައި ސިފަކުރައްވައިފިއެވެ.

އަދި، އަންހެނުންގެ ޙައްޤުތައް މި ސަރުކާރުން ރައްކާތެރިކޮށްދޭނެ ކަމަށާއި، ޒުވާނުންނާއި އަންހެނުންނަށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދީ، ސިޔާސީގޮތުން ބާރުވެރިކޮށްދީ، ޒުވާނުންގެ ހުނަރުވެރި އާ އީޖާދުތަކާއި އުފެއްދުންތަކުން ވިޔަފާރިކުރުމަށް، ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް ދުނިޔެއާ ގުޅުވައިލާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މަސައްކަތްތެރިންނަކީ، ޤައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މޭސްތިރިންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ މަސްވެރިކަމާއި، ދަނޑުވެރިކަން އަދި އިމާރާތްކުރުމާއި ވަޑާންކުރުން ފަދަ އެކިއެކި ތަފާތު މަސައްކަތްތެރިކަމަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވާނެކަމަށެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވީ އެކަންކަމާ، ޒަމާނީ ޢިލްމުތަކާއި ޓެކްނޯލޮޖީއާ ރަޙްމަތްތެރިކޮށް ދޭނެކަމަށާއި، ދުނިޔޭގައި ކުރިއަރައިފައިވާ އެންމެފަހުގެ ޒަމާނީ އުކުޅުތައް ރާއްޖެއަށް ތަޢާރުފުކޮށްދީ، އާމްދަނީއާއި ހުނަރު އިތުރުކޮށްދިނުން، މާލަހެއްނުވެ، މަސްވެރީންނާއި ދަނޑުވެރީނާ ހިސާބަށް ގެނެސްދޭނެ ކަމަށެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހުރިއްޔާ ވަނީ މިއަދުގެ ޖީލުތަކާ ހަމައަށް މި ޤައުމު އުފުލައިދިން އަމާނާތްތެރި ހިންމަތްތެރި އިސްރަށްވެހީންނަކީ ވާނީ އެމަނިކުފާނުގެ ސަރުކާރުގައި މުޖުތަމަޢުގައި ހަވާސާއެއް ނުކޮށް، އިޙްތިރާމު ލިބޭ ޝާމިލް ޤަދަރުކުރާ ބައެއްކަމަށްހައްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ދިވެހިވަންތަ ޤައުމީ ޝަޚްޞިއްޔަތު، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށްޓަވާނެކަން ހާމަކުރައްވާފައެވެ. އަދި، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މި މަޝްރޫޢިން ދިވެހި ދަރީންގެ ނަފުސާނީ، ރޫޙާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy