ސެޕްޓެމްބަރ 20, 2024 03:53

އިގްތިސާދަށް އަވަސް ފަރުވާއެއް ބޭނުން، އެކަމަށް މަގުފަހިވާނެ: ރައީސް ޑރ މުއިއްޒު

ފާތިމަތު އިސްރާ
ނޮވެމްބަރ 17, 2023

ރައްޖޭގެ އިގްތިސާދަށް ކުއްލި އަވަސް ފަރުވާއެއް ބޭނުންވެފައިވާ ކަމަށާއި ރާއްޖެއަށް އާމްދަނީ ހޯދޭނެ އަވަސް މަގުތަކެއް ބޭނުން ވެފައިވާ ކަމުގައި ރާއްޖޭގެ ރައީސްކަމުގެ ހުވާ މިއަދު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއެޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޖުމުހޫރިއްޔާގެ 8 ވަނަ ރައީސްކަމުގެ ހުވާ މިއަދު ޖުމުހޫރީ މައިދާނުގައި ކުރެއްވުމަށްފަހުއެވެ.

ރައީސް އާއި ނާއިބު ރައީސް ހުވާކުރެއްވުމަށް މިއަދު ޖުމުހޫރީ މައިދާނުގައި ބޭއްވުނު މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖެއަށް އަވަސް އާމްދަނީ ލިބޭނެ މަގު ފަހި ކުރުމަށްޓަކާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ނިންމުން އަވަސް ކުރައްވާނެ ކަމުގައެވެ.

"އޭގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށްބޮޑު ތިޔާގިކަމެއް އަންނާނެ. މިހާރު ރާއްޖެއަންނަ ފަތުރުވެރިންގެ އެތައް ގުނައަކަށް އިތުރު ފަތުރުވެރިން ރާއްޖެ އަންނާނެ. މީގެ އިތުރަށް ޚަރަދު ކުޑަކުރެވޭނެ އާގޮތްތައް އީޖާދު ކުރާނަން." ޑރ. މުއިއްޒު ވިދާޅުވިއެވެ،

އެގޮތުން ޑރ. މުއިއްޒު ވިދާޅުވީ އެއަރޕޯޓު އަވަހަށް ނިންމާލެވިއްޖެނަމަ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށްބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމުގައެވެ. އަދި ފަތުރުވެރިކަމާއި ގުޅުންހުރި ޒަމާނީ އާގޮތްތައް ތައާރަފް ކުރާނެކަމުގައިވެސް އެކަނިކުފާނު ވިދާޅުވިއެވެ.

އޭގ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ގެދޮރުވެރިކަމުގެ ލުއިފަސޭހަތައްވެސް ހަމަޖައްސަވާދެއްވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy