ސެޕްޓެމްބަރ 20, 2024 03:59

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު /ފޮޓޯ: ރައީސް އޮފީސް

އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގަންނަވާނެ

އައިޝަތު އިބްރާހީމް
ނޮވެމްބަރ 17, 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި، ނިމިގެން މިދާ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެކަން އެނގިއްޖެއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި، މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ދިވެހި ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސް ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތައް ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ދައުވަތު ރައީސް ސޯލިހު ވަނީ ގަބޫލު ކުރައްވައިފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައެވެ. ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ އިއްޒަތްތެރިން މިހާރު ރާއްޖެ ވަނީ ވަޑައިގެންފައެވެ.

އަދި ހަމައެހެންމެ އާ ސަރުކާރުން އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންފަހަރުތަކާ ހިލާފަށް ވެރިކަން ބަދަލުވުމުގެ މަރުހަލާވެސް މިފަހަރު ނިމިގެން ދިޔައީ އަމާންކަމާއެކުއެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، ވެރިކަން ބަދަލުކުރުމުގެ ކަންކަމުގައި ނިމިގެން މިދާ ސަރުކާރުން އާ ސަރުކާރަށް އެއްބާރުލުމާއި އެހީތެރިކަން ވަނީ ދީފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy