ސެޕްޓެމްބަރ 20, 2024 09:00

މަންމައަކު އޭނާގެ ދެ ދަރިންގެ ގައިގައި ބައްދާލައިގެން

ދަރިފުޅަށް ދެއަހަރު ވަންދެން ވަޒީފާ އަދާކުރުމަށް މައިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެނީ

އައިޝަތު އިބްރާހީމް
ނޮވެމްބަރ 16, 2023

ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ޅަދަރިމައިންނަށް ވަޒީފާ އަދާކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދާ ދިނުމަށް ދިވެހި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިއަދު ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި ދަތި އުނދަގޫވާ މުވައްޒަފުންނަށް "ފްލެކްސިބަލްކޮށް" މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސިވިލް ސާވިސް އިދާރާތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެފަދަ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ ވަގުތުތައް ކަނޑައަޅަންވާނީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތުގެ ވަގުތުގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދުނުވާނެ ގޮތުގެ މަތިންކަމަށް ވެސް ސީއެސްސީން ބުނެފައިވެއެވެ.

އަދި މިގޮތަށް ލުއި ދެވޭ ހާލަތުގައި މުވައްޒަފުގެ މުސާރައާއި އިނާޔަތުން އެއްވެސް މިންވަރެއް އުނިކޮށްގެން ނުވާނެ ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުގެ ސާކިއުލާގައި ބުނެއެވެ.

މީގެ ކުރިން އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ލިބެނީ ތިން މަހުގެ ޗުއްޓީއެއް ނަމަވެސް 2019 ވަނަ އަހަރު މި ސަރުކާރުން ވަނީ އެ މުއްދަތު ހަ މަހަށް އިތުރުކޮށްފައެވެ. އަދި ދަރިފުޅުގެ ބައްޕައަށް ލިބޭ ޕެޓާނިޓީ ލީވް ވަނީ ތިން ދުވަހުން އެއް މަހަށް އިތުރުކޮށްފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy