ސެޕްޓެމްބަރ 20, 2024 08:43

ޑރ.މުހައްމަދު މުއިއްޒުގެ /ފޮޓޯ: ދައުރު

މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ އައިވީއެފް ފަރުވާއަށް އާސަންދަ ދޭން ހިމަނައިފި

އައިޝަތު އިބްރާހީމް
ނޮވެމްބަރ 15, 2023

އަންނަ ހުކުރު ދުވަހު ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންކަމުގެ ތެރޭގައި ދަރިމައި ނުވާ އަންހެނުންނަށް އައިވީއެފް ފަރުވާ ދިނުމަށް އާސަންދަ ދިނުން ހިމަނައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހުކޮށްފައިވާ "ހަފްތާ 14" މަގު ޗާޓުގައި އަށް ދާއިރާއެއް ހިމެނޭއިރު ދަރިމައިވުމުގެ އިތުރުން އެކަމާ ގުޅުން ހުރި އެހެނިހެން ފަރުވާ ވެސް އާސަންދައިގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް އިންތިހާބީ ރައީސްގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. އެގޮތުން އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެސްއަށް ވެސް އާސަންދަ ދިނުމަށް ވަނީ ނިންމާފައެވެ.

މިފަރުވާ ތަކަކީ ބޮޑު ހަރަދެއް ކޮށްގެން ނޫނީ މީގެ ކުރިން ނުލިބޭ ފަރުވާތަކެކެވެ. އައިވީއެފް ފަރުވާ ހޯދުމަށް ރާއްޖެއިން ގިނަ ބަޔަކު ކޮންމެ އަހަރަކު ރާއްޖެއިން ބޭރަށް ދެއެވެ. ރާއްޖެއިން ބޭރުން މި ހިދުމަތް ހޯދުމަށް ތިން ހަތަރު ލައްކަ ރުފިޔާ ހަރަދުވެއެވެ.

މީގެއިތުރުން ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށް ދިނުން ވެސް ޕްލޭންގައި ވަނީ ހިމަނާފައެވެ. އަދި ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދޭން ފެށުމާއި، ކޮންމެ ދިވެއްސަކަށް އަހަރަކު ދެ ފަހަރު އާސަންދައިން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ނިންމައިފައެވެ.

 

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy