ސެޕްޓެމްބަރ 20, 2024 09:05

ޑރ. މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހުކޮށްފި

ފާތިމަތު އިސްރާ
ނޮވެމްބަރ 15, 2023

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހު ކުރައްވައިފިއެެވެ.

އިންތިޚާބީ ރައީސް ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށާއި ރައްޔިތުންނަށް ހިދުމަތްކުރަން ނުކުންނަ މީހަކު ފޮރުވަން ޖެހޭ ކަމެއް އޮވެގެން ނުވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ކެމްޕޭންގެ އެންމެ ފުރަތަމަ ދުވަހު ދެއްކި ވާހަކައިން ފެށިގެން މިއަދާއި ހަމައަށް ދެއްކި ހުރިހާ ވާހަކައެއް ވެސް ދިމާވާނެ ކަމަށާއި އެފަދަ ކޮންމެ ވާހަކަ އެއްވެސް ދައްކާފައިވަނީ އެކަމެއް ކުރަން، ހިތުގެ އަޑިން ގަބޫލުކޮށް، އެކަން ކުރުމުގެ ނިޔަތުގައި ކަމަށެވެ.

ޑރ. މުހަައްމަދު މުއިއްޒުގެ 100 ދުވަހުގެ ޕްލޭނަކީ ދިވެހި ކޮންމެ ރައްޔިތެއްގެ އުއްމީދުތައް ގުޅިލާމެހިފައިވާ ޒަމާނީ ރާއްޖެއަކަށް ރާއްޖެ ހެދުން ކަމަށާއި، ދިވެހިންގެ ހުރިހާ އަސާސްތަކާއި ދޭތެރޭ ފަޙުރުވެރިވާ ބަޔަކަށް ދިވެހި ޒުވާނުންގެ މުސްތަގުބަލް ޔަގީން ކޮށްދިނުން ކަމަށެވެ.

އިންތިހާބީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހު ކުރައްވާ ޖަލްސާގެ ހުށައެޅުމަކީ ދިވެހި އަންހެނުންގެ ޝަރަފް ހިމާޔަތް ކޮށްދީ، ދިވެހި މަސައްކަތް ތެރިންގެ މުސްތަގުބަލް ހިމާޔަތް ކޮށްދެވުމެވެ.

މީގެ އިތުރުން ދިވެހި އާއިލާތައް ފާގަތި މުސްތަގުބަލަކަށް މަގު ކޮށައިދީ ހިދުމަތް ކުރުމުގައި ދެމިހުރުން ކަމަށާއި، ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައްވާ ދެއްވުން ކަމަށް ޖަލްސާގައި ވަނީ ފާހަގަ ކޮށްފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy