ސެޕްޓެމްބަރ 20, 2024 08:58

އޮންލައިންކޮށް ކައިވެންޏާ ގުޅޭ ފޯމުތައް ހުށަހެޅޭ ކައިވެނި ޕޯޓަލް ތައާރަފްކޮށްފި

ފާތިމަތު އިސްރާ
ނޮވެމްބަރ 15, 2023

އޮންލައިންކޮށް ކައިވެންޏާ ގުޅޭ ފޯމުތައް ހުށަހެޅޭ ކައިވެނި ޕޯޓަލް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ތައާރަފްކޮށްފި އެވެ.

ޑީޖޭއޭއިން ޔޫއެންޑީޕީ އާއި ބްރިޓިޝް ހައި ކޮމިޝަނާ ގުޅިގެން ފަރުމާކުރި މި ޕޯޓަލް ލޯންޗުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

"ކާވެނި ޕޯޓަލް" ނަމުގައި ތައާރަފްކުރި މި ޕޯޓަލް އިން ކައިވެންޏާ ގުޅުންހުރި ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އާންމުންނަށް ފަސޭހަކުރުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ޑީޖޭއޭއިން ބުންޏެވެ.

މިއަދު ބޭނުން ކުރަން ފެށި މި ޕޯޓަލްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޕޯޓަލް އިން ހުށަހެޅޭނީ ހަމައެކަނި މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ ކައިވެންޏާ ގުޅުން ހުރި ފޯމުތަކެވެ. ކުރިއަށް އޮތް ތަނުގައި ފެމިލީ ކޯޓުގެ ފޯމުތައް ވެސް ހުށަހެޅޭނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޕޯޓަލް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ، ކޯޓުތަކަށް ހުށަހަޅާ ފޯމުތަކުގެ 60 ޕަސެންޓަކީ ކައިވެނީގެ ފޯމުތައް ކަމަށާއި މި ޕޯޓަލްއާ އެކު ކޯޓުތަކުން ދޭ ހިދުމަތްތަކާއި އެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ވެގެން ދާނެ އެވެ.

މި ޕޯޓަލް އައުމުގެ ކުރިން ރާއްޖޭގައި ފަހަކަށް އައިސް ސައިޓްތަކާއި ޕޭޖްތަކާއި ގްރޫޕްތައް ކައިވެނިކޮށްދޭ އެކިނަންނަމުގައި ދަނީ ހިނގަމުންނެވެ. އަދި މި ޕޭޖްތަކާއި ގްރޫޕްތަކުންވެސ

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy