ސެޕްޓެމްބަރ 20, 2024 08:51

ފުލުހުންގެ ޓިވް ރޭންކުގެ ފުރަތަމަ އަންހެން އޮފިސަރަކަށް ނަޝްވާ

ފާތިމަތު އިސްރާ
ނޮވެމްބަރ 15, 2023

ފުލުހުންގެ އެގްޒެކެޓިވް ރޭންކުގެ ފުރަތަމަ އަންހެން އޮފިސަރަކަށް ކުރިން ސުޕަރއިންޓެންޑެންޓުގެ މަގާމުގައި ހުންނެވި ފާތުމަތު ނަޝްވާ ޕްރޮމޯޓް ވެއްޖެއެވެ. މިއީ މިމަގާމަށް ފުރަތަމަ ފަހަަރަށް އަންހެން ބޭފުޅަކު ޕްރޮމޯޓު ވީ ފަހަރެވެ.

ޗީފް ސުޕަރއިންޓެންޑެންޓުގެ މަގާމަށް ޕްރޮމޯޓް ކުރި ނަޝްވާ ވަނީ 2020 ވަނަ އަހަރު އަޕާ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުކަން ކުރައްވާފައެވެ.

ތައުލީމް ހާސިލް ކުރެއްވީ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލޭންޑުގައި ޕަބްލިކް ރިލޭޝަންސް އިން ފުރަތަމަ ޑިގްރީ އަދި ފެޑެރޭޝަން ޔުނިވާސިޓީ އޮސްޓްރޭލިއާއިން 2012 ވަނަ އަހަރު ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުން މާސްޓާސް ޑިގްރީވެސް ނަޝްވާ ވަނީ ހާސިލްކުރައްވާފައެވެ.

ނަޝްވާ ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާތާ 30 އަހަރުވަނީ ވެފައިވާއިރު، އޭނާވަނީ އެ މުއައްސަސާގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. ހާއްސަކޮށް ކޮވިޑް 19އިގެ ހާލަތުގައި ނަޝްވާއަކީ ހިދުމަތުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ.

ފުލުހުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި ފުލުހުންނަށްވެސް ޕްރޮމޯޝަން ދީފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy