ސެޕްޓެމްބަރ 20, 2024 09:03

ބެލްކަންޏަކުން ބައެއް ވެއްޓި މަގުމަތީ ހުރި މީހެއްގެ ގައިގައި ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ

ފާތިމަތު އިސްރާ
ނޮވެމްބަރ 14, 2023

މާލޭގެ މާފަންނު ގެއެއްގެ ބެލްކަނިން ބައެއް ޖެހި މީހަކަށް އަނިޔާވެ އެމީހާގެ ހާލު ސީރިއަސް ވުމުން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ޖަވާހިރު މަގުގައި ހުރި ގެއެކެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ މާފަންނު ގެއެއްގެ ބެލްކަންޏެއްގެ ބައެއް ވެއްޓި، މަގުމަތީގައި ހުރި މީހަކަށް އަނިޔާވެ، ސައިކަލުތަކަކަށް ގެއްލުން ވެފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:18 ހާއިރު ކަމަށާއި މި ހާދިސާގައި ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ އަށް މި ވަގުތު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މާފަންނު ޖަވާހިރުމަގުގައި ހުރި ގެއެއްގެ ބެލްކަނި ވެއްޓ ހިނގި މި ހާދިސާގެ މައުލޫމާތު ކަމާގުޅޭ އިދާރާތަކާއި ހިއްސާކޮށް ބަލަންޖެހޭ ކަންކަން އަންނަނީ ބަލަމުންނެވެ. އެ ހާދިސާގައި އަނިޔާވި މީހާއަކީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy