ސެޕްޓެމްބަރ 20, 2024 03:51

އެލޮވެރާ- ހަމުގެ ބަލިތަކަށް ހުރި ރަނގަޅު ފަރުވާއެއް

އެލޮވެރާ: ހަމުގެ ބަލިތަކަށް ހުރި ރަނގަޅު ފަރުވާއެއް

އައިޝަތު އިބްރާހީމް
ނޮވެމްބަރ 13, 2023

އެލޮވެރާއަކީ އެކި ގޮތްގޮތުން ހަންގަނޑަށް ފަރުވާ ހޯދާ، ހަންގަނޑު ރީތި ކޮށް ބެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހޫނު އަވީގެ ސަބަބުން ހަންގަނޑު ހޫނުވެފައި ހުންނަ ހުރުމަށްވެސް އެލޮވެރާ އެހީތެރިވެދެއެވެ. އެގޮތުން ހަންގަނޑުގެ ހޫނުމިން ދައްކޮށްދީ ޑީހައިޑްރޭޓް ވުމުން ސަލާމަތްކޮށްދެއެވެ.

ގިނަ ޒުވާން ކުދީން ހާއްސަކޮށް ޒުވާން އަންހެން ކުދިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައި އޮންނަނީ މޫނުގައި ހުންނަ ބިހި ތަކާއި ލަކުނެވެ. ނަމަވެސް އޮތް އުފާވެރި ހަބަރަކީ މި ހުރިހާ މައްސަލައަކަށް އެލޮވެރާއިން އެދެވޭ ހައްލެއް ލިބިގަނެވޭނެކަމެވެ.

ޖާނަލް އޮފް އެމެރިކަން އެކަޑަމީ އޮފް ޑާމަޓޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ހަކުރު އަދި ކާބޯހައިޑްރޭޓްސް މަދުން ކެއުމުގެ ސަބަބުން މޫނުގައި ލަނުކު އުފެދެން މެދުވެރިވެއެވެ.

ކެމިކަލް ފްރީ، ގުދުރަތީ ބާވަތްތަކުގެ އެހީގައި ހަމުގައި އުފެދޭ ލަކުނުތައް ފިލުވާލެވެއެވެ. އޭގެ ތެރޭގައި އެލޮވެރާ ހިމެނެއެވެ. އެލޮވެރާ އަކީ މޫނުގައި ނަގާ ބިހިތަކުގައި ހުންނަ ބެކްޓީރިއާތައް ނައްތާލުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެކެވެ. ހަމައެއާއެކު، ހަންގަނޑުގެ ކޮލިޓީ ރަނގަޅުކޮށްދީ ހަންގަނޑު އޮމާން ކޮށްދިނުމަށްވެސް އެލޮވެރާ އެހީތެރިވެދެއެވެ.

މީގެއިތުރުން އިސްތަށިގަނޑު ދިގުކޮށް ވަރުގަދަކޮށް ބަހައްޓަން ބޭނުންވަނީ ނަމަ މިކަމަށްވެސް އެލޮވެރާ ބޭނުންކުރެވިދާނެއެވެ. އެލޮވެރާގައި ހިމެނޭ އެމިނޯ އެސިޑް އަދި ޕްރޮޓިއޮލީޓިކް އެންޒައިމްސްގެ ސަބަބުން ބޮލުގެ ހަންގަނޑުގެ ސިއްހަތު ރަނގަޅުކޮށްދީ އިސްތަށިގަނޑު ދިގުކުރުމަށް އެހީވެއެވެ. އިސްތަށި ފޭބުން މި ދެ މާއްދާގެ ސަބަބުން ކޮންޓްރޯލްކޮށްދީ ވަރުގަދަ ވެސް ކޮށްދެއެވެ.

އެލޮވެރާގައި އެކުލެވޭ އެންޓި އިންފްލެމެޓަރީ މާއްދާގެ ސަބަބުން ބޮލުގެ ހަންގަނޑު ކެހުމާއި ހިރުވުމުން ދުރުކޮށްދީ ފިނިކޮށްދެއެވެ. އެންޓިފަންގަލް އަދި އެންޓިވައިރަލް ބައިތަކުގެ ސަބަބުން ހަންފޮޅުމާއި ދެކޮޅަށް މަސައްތް ކުރެއެވެ.

އެހެންކަމުން ބޮޑު އަގު ދީފައި އެކި ކަހަލަ ކެމިކަލް ހިމެނޭ ބާވަތްތައް ބޭނުން ކުރުމުގެ ބަދަލުގައި މިފަދަ ގުދުރަތީ ވަސީލަތެއްގެ އެހީ ހޯދުމަކީ މާ ބުއްދިވެރިކަމެއް ނޫންތޯއެވެ؟

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy