ސެޕްޓެމްބަރ 20, 2024 08:02

ފުވައްމުލަކުގައި މިއަދު ހިނގާދިޔަ އެކްސިޑެންޓުގެ ތެރެއިން

މޯލްޑިވިއަންގެ ފްލައިޓެއްގައި ކާގޯ ވެހިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

އައިޝަތު އިބްރާހީމް
ނޮވެމްބަރ 12, 2023

ފުވައްމުލަކު އެއާޕޯޓުގައި އޮތް މޯލްޑިވިއަންގެ ފުލައިޓެއްގައި ކާގޯ ވެހިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ހިނގާދިޔަ މި އެކްސިޑެންޓުގައި ކާގޯ ވެހިކަލް ދުއްވަން އިން މުވައްޒަފަށް ވަނީ އަނިޔާ ވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ފިރިހެނަކަށެވެ. އަދި މި ހާދިސާ ހިނގާ ދިއުމުގެ ސަބަބުން ފްލައިޓަށް އަރަން ތައްޔާރަށް ތިބި ޕަސިންޖަރުން ވަނީ ބޯޑިން އޭރިޔާގައި މަޑު ކުރުވާފައެވެ.

މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކްސިޑެންޓު ހިނގީ މާލެއިން ދިޔަ ފުލައިޓެއް އެއާޕޯޓުގައި ޕާކުކޮށްފައި އޮއްވާ ކަމަށެވެ.

"ބަލާބެލުމަށް އެހާބޮޑު ގެއްލުމެއް ނެތް، އެކަމަކު މިކޮޅުން އެބަދޭ ރެސްކިއު ފުލައިޓެއް އިންޖިނޭރުންނާ އެއްކޮށް، އެ ފުލައިޓު އެކޮޅުގައި ތިބި ފަސިންޖަރުންނާއެކު އެނބުރި އަންނާނެ,"

މިހާދިސާއާއި ގުޅިގެން ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހަވީރު 5:34 ހާއިރު ކަމަށާއި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށެވެ. އަދި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.

މިހާދިސާއާއި ގުޅޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ވައިރަލް ވަމުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy