ސެޕްޓެމްބަރ 20, 2024 04:23

ފޮޓޯ: މަޖިލިސް

ސްޕްރީމް ކޯޓުގައި މައްސަލަ އޮތުމުންކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އީވާ އުޒުވެރިވެވަޑައިގެންފި

މިހެން
ނޮވެމްބަރ 5, 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށްޓަކައި އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާތީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގެންފި އެވެ.

ސްޕްރީމް ކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން އެ މައްސަލަ ކުރިއަށް ގެންދިޔުމަށް ރިޔާސަތުގައި އިނުމަށް އުޒުރުވެރިވާކަން ހާމަކޮށްފައިވަނީ މަޖިލީހުގެ އަމީން އާންމު ފާޠިމަތު ނިއުޝާއަށް ފޮނުވި ސިޓީއެއްގައެވެ.

އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅި މައްސަލައިގެ ނޯޓިސް މުއްދަތު މިދިޔަ ހަފުތާއަށް ހަމަވުމުން، މަޖިލީހުން އަންނަނީ އެހެން މަސައްކަތްތައް މަޑުޖައްސާލުމަށްފަހު އެ މައްސަލަ ކުރިއަށް ގެންދަން މަސައްކަތްކުރަމުންނެވެ.

އީވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ފަހު ވަކި ގޮތެއް ނިންމުމުގެ ކުރިން އަނެއްކާވެސް މަޖިލީހުން ވަކި ގޮތަކަށް ކަންކުރުމުގެ މަސައްކަތް ކުރުން ވާނީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހުތިރާމް ކުޑަކުރުން ކަމަށެވެ.

 

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy