ސެޕްޓެމްބަރ 20, 2024 05:47

ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ (40އ) ފޮޓޯ: ޕޮލިސް

މަކަރާއި ހީލަތުގެ މައްސަލައެއްގައި އަންހެނަކު ހޯދަނީ

މިހެން
އޯގަސްޓް 22, 2023

މަކަރާއި ހީލަތުގެ މައްސަލައެއްގައި އަންހެނަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާނުކޮށްފިއެވެ.

މި މައްސަލައިގައި ހޯދަން އިޢުލާނުކޮށްފައިވަނީ، ކ. މާލެ / ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ (40އ) އެވެ.

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށް އޭނާ ހޯދަން އިޢުލާނުކޮށްފައިވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގަށް ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން، 2023 އޮގަސްޓް 28 ވަނަ ދުވަހުގެ 11:30 އަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަންގައިފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy