ސެޕްޓެމްބަރ 20, 2024 06:12

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝތު ޢަލީ ފޮޓޯ: އެމް.އޯ.އީ

މުދައްރިސުންނަށް މޫނު ބުރުގާ އަޅައިގެން ކިޔަވައިދެވޭ ގޮތަށް އިސްލާޙު ގެނެސްފި

މިހެން
އޯގަސްޓް 22, 2023

މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލަށް 1 ވަނަ އިސްލާޙު ގެނައުމުގެ އުސޫލުގެ ދަށުން މޫނު ބުރުގާ އަޅައިގެން ކިޔަވާދެވޭގޮތަށް ހަމަޖައްސައިފިއެވެ.

މިއަހަރު ޖުލައިމަހު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އާންމުކުރި މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލުގައިވާ ގޮތުން ކިޔަވައިދޭއިރު އަދި ދަރިވަރުންނާ މުޢާމަލާތު ކުރާއިރު ހުންނަންވާނީ ކާކުކަން އެނގޭފަދަ ގޮތަކަށެވެ. މި އުސޫލުގެ ދަށުން މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމުގެ ފުރުޞަތު އޮތީ ބަންދުވެފައެވެ.

ނަމަވެސް ސަރުކާރުގެ ގެޒެޓްގައި މިއަދު އާންމުކުރި މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލަށް 1 ވަނަ އިސްލާޙު ގެނައުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި މޫނު ނަގައިގެން ކިޔަވައިދޭން ޖެހެނީ ހަމައެކަނި 10 އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭއިރުގައެވެ.

ނަމަވެސް، ކިޔަވައިދިނުމުގެ މާޙައުލަކީ މޫނު ހާމަކުރެވޭފަދަ ތަނެއް ނޫންނަމަ މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމުގެ ފުރުޞަތު އެބައޮތެވެ.

އެހެންނަމަވެސް މޫނު މުބުރުގާ އަޅައިގެން ކިޔަވައިދޭ މުދައްރިސުންވެސް އަބަދުވެސް ތިބެންވާނީ ސްޓާފް ކާޑު އަޅައިގެންކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy